ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއާއުގެ ޕޯސްޓްމޯޓްމްގެ ވަގުތީ ނަތީޖާ ވަނީ ލިބިފައި، ކުރިޔަށް ދަނީ ތަހުގީގު ނިންމައި ދައުވާ ކުރުމުގެ މަސައްކަތް: ފުލުހުން

ޝިއާއު މަރާލި ގޭގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދުގެ ޕޯސްމޯޓަމްގެ ވަގުތީ ނަތީޖާ ލިބިފައިވާކަމަށާއި، މައްސަލައިގެ ތަހުގީގުތައް ނިންމައި ދައުވާ ކުރުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ މަހުގެ 06 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މަރާލާފައި އޮއްވައި ފެނުނު 22 އަހަރުގެ ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ އޭގެ ފަސް ދުވަސް ފަހުންނެވެ. މައްސަލައިގައި މާބޮޑު އަޕްޑޭޓެއް ނެތް ނަމަވެސް މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޅި މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

މި މައްސަލައިގައި ފޮރެންސިކް ތަހުލީލުތައް ވެސް ކުރިޔަށް ދާކަމަށް ފުލުހުން ބުންޏެވެ. އަދި ޕޯސްޓުމޯޓަމް ރިޕޯޓުގެ ވަގުތީ ނަތީޖާ ލިބުނު ތާރީހެއްކަމަށް ބުނީ މިދިޔަ މަހުގެ 17 އެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ޝިއާއު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، 23، އަހަރުގެ ޝާހިލް އެވެ. ކުށުގެ ވެށިން ހައްޔަރު ކުރި ޝާހިލް މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމުގެ އަޑުއެހުން ކުރިޔަށް ގެންދިޔައީ ނޫސްވެރިންނަށް ނުވަދެވޭހެން ސިއްރުކޮށްގެންނެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ޝާހިލްގެ އިތުރުން އެހެން މީހެއްގެ މައްޗަށް ތުހުމަތެއް ނުކުރެވޭ ކަމަށެވެ. އަދި ފުލުހުން އޭނާ ހައްޔަރު ކުރި އިރު ހުރީ މަސްތުގެ ހާލަތުގައިކަމަށް މައުލޫމާތު ދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: