ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީތި ސުކޫލު އަޅާނިމެންދެއް ކުދިންނާ މައިންބަފައިން ހާލުގައި ގެންގުޅުމަކީ ރައީސް ޞާލިހުގެ ވިސްނުންފުޅެއްނޫން:ރޮޒައިނާ

ރައީސް ސޯލިހު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވައިދެއްވީ ސުކޫލުގެ ސަބަބުން އެނގިގެން ދިޔައީ އެއްމެ ރީތި ސުކޫލު އަޅާ ނިމެންދެން ކުދިންނާއި މައިންބަފައިން ހާލުގައި ގެންގުޅުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުގެ ވިސްނުންފުޅެއް ނޫންކަމުގައި ރައްޔިޔުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ އަންހެނުން ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ދެވަނަ ފިޔަވަހީގައި އިއްޔެ ހުޅުވާދެއްވި ސުކޫލަށް ފާޑު ވިދާޅުވަމުން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް އާއި އެކު، ރައީސް ސާލިހުގެ ވިސްނުފުޅުގެ ފެންވަރު ހާމަވެގެންދާކަމަށެވެ. އަދި އެއީ ވެރިކަންކުރާ ޕާޓީ، އެމްޑީޕީގެ ވިސްނުމުގެ ފެންވަރު ހުރި ހިސާބު ހާމަވެގެން ދާކަމެއްކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލްގެ ޓުވީޓަށް ފާޑު ވިދާޅުވަމުން ރޮޒައިނާ ވިދާޅުވީ ޖަމީލް ވިދާޅުވީ ރަނގަޅު ވާހަކައެއް ކަަމަށާއި މިކަމުން ފެނިގެންދިޔައީ އެއްމެ ރީތި ސުކޫލު އަޅާ ނިމެންދެން ކުދިންނާއި މައިންބަފައިން ހާލުގައި ގެންގުޅުމަކީ ރައީސް ޞާލިހުގެ ވިސްނުންފުޅެއް ނޫންކަމަށެވެ.

“މީނަ މިބުނީ ރަނގަޅު ވާހަކައެއް. މީގެން ފެނިގެން ހިނގައްޖެ އެއްމެ ރީތި ސުކޫލު އެޅާ ނިމެންދެއް ކުދިންނާއި މައިންބަފައިން ހާލުގައި ގެންގުޅުމަކީ ރައީސް ޞާލިހުގެ ވިސްނުންފުޅެއް ނޫނަކަން.“ ރޮޒައިނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ، ހުޅުމާޅެ ދެވަނަ ފިޔަވަހީގައި ހުޅުވި މި ސުކޫލުން އެނގިގެން ދަނީ އެކުދިންނަށް ސުކޫލެއް އިމާރަތް ކޮށްދެވެންދެއް އެ ކުދިންނަށް ލުއިގޮތެއް ވަގުތުން ހޯދާދިނުމުގެ ވިސްނުން ރައީސްގެ ހުންނެވިކަންކަމަށެވެ.

އިއްޔެގެ ވަގުތެއްގައި ހުޅުވި މި ސުކޫލަށް ގިނަ ބައެއްގެ ފާޑޫކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އަދި ގިނަ ބަޔަކު ބުނަމުންދަނީ މި ސުކޫލަކީ “ޓިނު ސުކޫލެއް“ ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 22%ހައިރާންވެއްޖެ 22%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: