ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރީން ޓެކްސް ނެގޭނެ ކަމަށް ބުނާ ތާރީހު އުވާލަން ހުށަހެޅި ބިލުގައި ހިމެނޭ އިސްލާހެއް ގާނޫނަކަށް ހެދިދާނެކަމާމެދު ސުވާލު!

ދުނިޔޭގެ އެންމެ މަޝްހޫރު ޓޫރިޒަމް ފެއާ ވޯލްޑް ޓްރެވެލް މާކެޓް ލަންޑަންގައި - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިފަހުން ތަސްދީގުކުރި ޓޫރިޒަމް ގާނޫނުގެ އިސްލާހުގައި ގްރީން ޓެކްސް ނެގޭނެ ކަމަށް ބުނާ ތާރީހު އުވާލަން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމެނޭ އިސްލާހެއް ގާނޫނަކަށް ހެދިދާނެކަމާމެދު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސުވާލު އުފައްދަވާފިއެވެ.

މަޖިލީހަށް މިހާރު ފޮނުވާފައިވާ ބިލުގައި ވަނީ ގާނޫނު ތަސްދީގުކުރި ފަހުން ގްރީން ޓެކްސް ނުނެގޭނެ ކަމަށް ބުނި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތަކުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އަނބުރާ ނުދައްކާހާ ހިނދަކު ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ބުނާ އަކުރެއް ގާނޫނަށް އިތުރުކުރަން ހުށަހަޅައިފަ އެވެ.

މި އިސްލާހު ގާނޫނުގައި ހިމެނިދާނެތޯ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ސުވާލު އުފައްދަވާފަ އެވެ.

”މިހާރު މިތަނަށް ހުށަހަޅައިފާތިވާ ގާނޫނުގައި އަޅުގަނޑަށް ފެންނަ ތަނުގައި ތިޔަ ވިދާޅުވަނީ ކުރީގައި ކޮށްފައި އޮތް ކަމެއް، އެހެން ގޮތަކަށް ހެދުމަކަށް އެކަން ހިނގައިދިޔަ ފަހުން ގާނޫނެއް ހައްދަވަން،“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މި މާއްދާ ގާނޫނު އަސާސީގެ 59 ވަނަ މާއްދާއާ ހިލާފުވެ އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި ގާނޫނު އަސާސީގައި ކުށެއް ކަމަށް ކަނޑައަޅައިފައިނުވާ ކަމެއް ފަހުން ހަދާ ގާނޫނަކުން އަދަބު ނުދެވޭނެ އެވެ.

”މި ގާނޫނުގައި އަޅުގަނޑު ދެކޭ ގޮތުގައި މި މާއްދާއެއް ނުހިމެނޭނެ،“ ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުލައި މަހު ތަސްދީގުކުރެއްވި ޓޫރިޒަމް ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި، އާ ކްލެސިފިކޭޝަންތަކުގެ ދަށުން ގްރީން ޓެކްސް ނަގަން ފަށާނެ ތާރީހަކީ އަންނަ އަހަރުގެ ޖެނުއަރީ 1 ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ގްރީން ޓެކްސް ނެގުމާ މެދު ސުވާލު އުފެދުނީ މިހާރު އަމަލަކުރަމުންދާ ގާނޫނުގައި ވަކި ތާރީހަކުން ފެށިގެން ގްރީން ޓެކްސް ނެގޭނެ ކަމަށް ޖަހާފައިވާތީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: