ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާރޭ ވެހި، ކޯޓަށް ފެން ފައިބާތީ ކެންސަލް ކުރި ރައީސް ޔާމިންގެ ޝަރީއަތް މާދަމާ!

ތަހުގީގު ކުރިޔަށްދާ މައްސަލައެއްގައި ސުވާލު ކުރުމަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިއްސާރަ ވެ ކްރިމިނަލް ކޯޓުގެ، ޝަރީއަތް ކުރާ ކޮޓަރިތަކަށް ފެން ފައިބާތީ ކެންސަލް ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް މާދަމާއަށް އަނެއްކާވެސް ތާވަލުކޮށްފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ރައީސް ޔާމީން ހިޔާނާތްވީކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ކުރަނީ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ރައީސް ޔާމީންގެ މައްޗަށް މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާކަމަށް ބުނެ އެވެ.

މައްސަލައިގައި މިއަދުގެ ހެނދުނު 09:30 އަށް ހެކި ބަސް ނެގުން ތާވަލު ކުރި ނަމަވެސް، އެންމެ ފަހު ވަގުތު ޝަރީއަތް ކެންސަލް ކުރަން ޖެހުނީ ވިއްސާރައިގެ ސަބަބުން ކޯޓުގެ ޝަރީއަތުގެ މާލަމުގެ ސީލިންގުން ފެން ފައިބާތީ އެވެ. އިމާރާތަށް ގިނަ އަހަރުތަކެއް ވެ، ރެނދުލައި ބާވެފައި ހުރުމުގެ ސަބަބުން މާލެއަށް ކުރާ ބޯ ވިއްސާރައިގައި ފެން ފޭބުން ފަދަ މައްސަލަތައް ދިމާވެ އެވެ.

މާދަމާގ ހެނދުނުގެ 09:30 ގައި ކުރިޔަށް ގެންދާނީ، ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަސް ނެގުމެވެ.

އާރަށް ކުއްޔަށް ދިން މައްސަލައިގައި ޝަރީއަތުގައި ކުރިން ނިންމާފައި އޮތީ ފުރަތަމަ ޒިޔަތުގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ  ފެލިދު ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް އާއި ރައީސް ޔާމީންގެ ވަކީލުން އެދުނީ އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށެވެ. އެއީ އަދީބާއި ޒިޔަތުގެ ހެކި ބަސް ދެ ދުވަހެއްގައި ނަގައިފި ނަމަ، އެއް ހެކިވެރިއެއްގެ ފަރާތުން އަނެއް ހެކިވެރިޔާ ބުނާ ބަސްތަކަށް ނުފޫޒު ފޯރާ ވަކި ގޮތަކަށް ފަރުމާވެދާނެ ކަމަށް ފެންނާތީއެވެ.

ދައުލަތުން އެކަމަށް އިއުތިރާޒު ކުރި ނަމަވެސް، މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ ދެ މީހުންގެ ހެކި ބަސް އެއް ދުވަހެއްގައި ނެގުމަށެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ދަށު ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން، ރައީސް ޔާމީން މިވަގުތު ހުންނެވީ މިނިވަނެއްގެ ގޮތުގަ އެވެ. ނަމަވެސް ހިޔާނާތުގެ މައްސަލައާއި ރައީސް ޔާމީނާއި ގުޅުވައި ތަހުގީގުތަކެއް ކުރިޔަށްދާއިރު މީގެ ތެރެއިން ރ. ފުއްގިރީ އަކީ ކޯޓުގައި ކުރިޔަށް ދާ އެއް މައްސަލަ އެވެ.

ހިޔާނާތުގެ މަންފާ ހޯދިކަމަށް ބުނާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރީގެ މައްސަލައަކީ ރަށް ކުއްޔަށް ދޫކުރުމުގައި ހިމެނޭ މުއާމަލާތާއި ގުޅޭ މައްސަލައެކެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި އެއް މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: