ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގުގެ މައްސަލައިގައި ކުށަށް ފުރަތަމަ އިއުތިރާފުވީ ރައްޓެއްސެއްގެ ބައްޕަ ސަލާމަތްކުރަން!

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން: -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ކުރުމުން، ކުށަށް އިއުތިރާފުވީ ރައްޓެއްސެއްގެ އާއިލާގެ މެމްބަރެއް ސަލާމަތްކުރުމަށްކަމަށް ބުނި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

2019، ގައި މާލެއިން ފުރި ލޯންޗެއްގައި ހުރި އެހެން މީހެއްގެ އަތުން 19 ގްރާމްގެ މަސްތުވާތަކެތީ ފެނުނު މައްސަލައިގައި އަޒުވަދު މުހައްމަދުގެ މައްޗަށް އެ ހުކުމް އައީ އޭނާ ތަހުގީގުގެ ފުރަތަމަ މަރުހަލާގައި އެއީ އޭނާގެ އެއްޗެއްކަމަށް އެއްބަސްވެފައިވާތީ އެވެ.

މައްސަލައިގައި އަޒުވަދުގެ މައްޗަށް ޑައިމޯފިން ޓެރްފިކް ކުރުމުގެ ދައުވާ އުފުލުމުން، އިބްތިދާއީ މަރުހަލާގައި ކުށަށް އިންކާރުކޮށް ބުނީ ތަހުގީގު މަރުހަލާގައި ދެމެހެއްޓި އިއުތިރާފަކީ ގާތް ރައްޓެއްސެއްގެ ބައްޕަށް ސަލާމަތް ކުރުމަށް ދެއްކި ވާހަކައެއް ކަމަށެވެ. އަދި އޭނާއާއި މަސްތުވާތަކެއްޗާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުންޏެވެ.

އޭގެ ފަހުން އަނެއްކާވެސް ކުށަށް އަޒުވަދު އިއުތިރާފުވި އެވެ. އަދި މައްސަލައިގައި އޭނާގެ މައްޗަށް ހުކުމެއް އައީ އިއުތިރާފުން އެ ކުށް ސާބިތުވާތީ އެވެ. ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ އުމުރު ދުވަހަށް ޖަލަށްލުމާއި އެކު، އެއް އަހަރު ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ދެލައްކަ ރުފިޔާ ދެއްކުމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: