ރާއްޖެ ބަނގުރޫޓު ނުވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަމީރުއާއި ސުވާލުކުރުމަށް ލިބުނު ފުރުޞަތުގައި ރާއްޖެ ބަނގުރޫޓުވެއްޖޭ މިނިސްޓަރު ވިދާޅުވިތޯ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުވަނީ ސުވާލުކުރައްވާފައެވެ.
މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެ އެންމެ ދަތިހާލަތުގައިވެސް އަދި ކޮވިޑުގެ ހާލަތުގައިވެސް ދަރަނި ދިޔައީ ބަރާބަރަށް ދައްކަމުންދިޔަކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑު އެއްވބެސް އިރެއްގައި ފާހަގައެއް ނުކުރަން ބަނގުރޫޓު ވިއެކޭ“ އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކޭނެކަމުގެ ޔަޤީންކަން އޮިތްކަމަށްވެސް އަމީރު ވިދާޅުވިއެވެ.

