އައްޑޫ ބަހުން ހުތުބާ އިއްވައި ހެދުމަކީ އައްޑޫ މީހުންގެ ހައްގެއް ކަމަށް އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ މީދޫ މަސްޖިދުއް މަޖުދުއްދީނުގައި މިދިޔަ ހުކުރު ދުވަހު، އައްޑޫ ބަހުރުވައިން ޚުތުބާ ކިޔައިގެން މުދިމަކު ވަނީ ސަސްޕެންޑު ކޮށްފައެވެ.
އައްޑޫ ބަަހުރުވައިން، އައްޑޫ ލާއި ރަސްމީ މުޢާމާލާއް ކޮށް ޚުޠުބާ އިއްވައި ހެދުމަކީ އައްޑޫ މީހުންގެ ޙައްޤައް
— faris 🇲🇻 (@afarismaumoon) September 8, 2022
ފާރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ ބަަހުރުވައިން، އައްޑޫ ލާއި ރަސްމީ މުއާމާލާތް ކޮށް ހުތުބާ އިއްވައި ހެދުމަކީ އައްޑޫ މީހުންގެ ހައްގެއް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ސަރުކާރުން ބުނެފައި ވަނީ މައްސަލައަކީ އައްޑޫ ބަހުރުވައިން ހުކުރު ޚުތުބާ ކިޔުން ނޫން ކަމަށާއި މައްސަލައަކީ އިސްލާމިކް މިނިސްޓްރީގެ އުސޫލާ ޚިލާފުވާގޮތައް ޚުތުބާއަށް އުނި އިތުރު ގެނެސްގެން ކިޔުންކަމަށެވެ.

