ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެއިން ގޯތި ގަތުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އެޗްޑީސީއިން ބީލަމު އުސޫލުން، ދިރިއުޅުމަށް ހުުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތަކަށް ހުށައެޅުމަށް ހުޅުވާލެވިފައިވާ ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެޗްޑީސީއިން އިއުލާނުކޮށްފައިވާގޮތުން، ގަތުމަށް ހުޅުވާލެވިފައިވާ 77 ގޯތީގެ ބީލަން ފޯރމު ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން ފެށިގެން މެންދުރު 13:00 އަށެވެ. އަދި ބީޗު ފްރަންޓުން ގޯތި ގަތުމަށް ބީލަން ފޯރމު ހުށައަޅަންވާނީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 9:00 އާއި 12:00 އާއި ދެމެދު ކަމަށާއި، ބީޗު ސައިޑުން ގޯތި ގަތުމަށް ހުށައަޅަންވާނީ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ހެނދުނު 9:00 އާއި 12:00 އާއި ދެމެދުކަމަށްވެސް އެޗްޑީސީއިން ބުނެފައިވެއެވެ.

މީގެ އިތުރުން އެޗްޑީސީއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ގޯތިތަކާއި މެދު މައުލޫމާތު ސާފު ކުރުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ 15:30 އާއި ޖެހެންދެންކަމަށެވެ. އެގޮތުން އެޗްޑީސީއަށް ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށްވެސް މައުލޫމާތު ސާފުކުރެވޭނެކަމަށް ބުނެފައިވެއެވެ.

މީގެ ކުރިން އެޗްޑީސީއިން އިއުލާނުކޮށްފައިވާގޮތުން، ބީޗު ފްރަންޓުންނާއި، ބީޗު ސައިޑުން ވިއްކުމަށް ހަމަޖެހިފައިވަނީ ޖުމުލަކޮށް 22 ގޯއްޗެވެ. އަދި އެ ސަރަހައްދުން އިތުރު 55 ގޯއްޗެއް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިންވަނީ އިއުލާނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: