ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ސުކޫލަކާއި 80 ގެ މަސް ގުދަނަކާއި ތަފާތެއް ނެތް: ލަތީފް

ފޮޓޯ: އަވަސް އޮންލައިން/ އަހުމަދު އަޔާދު --- 12 މެމްބަރުންގެ ތެރޭގައި ހިމެނުނު ލަތީފްގެ ފާޑުކިޔުން ރައީސް ސޯލިހްއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވައިދެއްވި ސުކޫލާއި، ކުރީ ޒަމާނުގައި ރާއްޖޭގައި ތިބި މަސްގުދަންތަކާއި ތަފާތެއްނެތްކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ޖަލްސާއެއްގައި ރައީސް ސާލިހުގެ ސަރުކާރާއިމެދު ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، ސަރުކާރުންދަނީ، ވައުދުތައް ފުއްދުމުގެ ބަދަލުގައި ރައްޔިތުންނަށް ހަދަމުންދާ ދޮގުތައް އިތުރު ކުރަމުންކަމަށެވެ. އެނާ ވިދާޅުވީ، ދާދި ފަހުން ދިވަހި ދައުލަތުން ހަރަދު ކޮށްގެން ދެވަނަ ފިޔަވަހީގައި ހުޅުވައިދެއްވާފައިވާ ސުކޫލު ހުޅުވުމަށް ދިޔަ ވެރިންނަށްވެސް އެތަން ފެނުމުން އެއީ ސުކޫލެއް ކަމެއް ނޭނގުންކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސުކޫލަކީ ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްފައިވާ ތަނެއްކަމަށް އިޝާރާތްކުރައްވާ ލަތީފް ވިދާޅުވީ، އެ ސުކޫލު ސިފަ ކުރެވުނީ އައްޑިހައިގެ އަހަރުތަކުގެ ތެރޭގައި ތުލުސްދޫ އަދި މާފުށި ފަދަ ރަށް ރަށުގައި ގާއިމުކޮށްފައި ހުރި މަސްގުދަނެއް ގޮތަށްކަމަށެވެ. އަދި އެފަދަ ގުދަނަކާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވައިދެއްވާފައިވާ ސުކޫލާއި ތަފާތެއް ނެތްކަމަށްވެސް އެނާ ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަށް ރައްޔިތުންގެ ނުރުހުން އަމާޒުވެގެންދަނީ، ސަރުކާރުން އަމަލު ކުރަމުންދާ ގޮތުންކަމަށެވެ.

އެނާ ވިދާޅުވީ، ރައީސް ސާލިހު މަސައްކަތް ކުރައްވަމުންދަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެއަށް ގެނެސްދެއްވާފައިވާ ފަދަ ތަރައްގީތަކެއް ގެނެސްދެއްވުމަށްކަމަށެވެ. އެހެންނަމަވެސް މި ސަރުކާރަށް އެފަދަ ތަރައްގީތަކެއް ނުގެނެސްދެވޭނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

ރައީސް ސާލިހަށް، ރައީސް ޔާމީން ގެނެސްދެއްވި ފަދަ ތަރައްގީތަކެއް ނުގެނެސްދެވޭނަކަމށް ފާހަގަކުރައްވާ ލަތީފް ވިދާޅުވީ، އެފަދަ ތަރައްގީތަކެއް ގެނެސްދިނުމަށް ބޭނުންވާ ވިސްނުންތަކާއި ފިކުރު އަދި ހިޔާލެއްވެސް ރައީސް ސާލިހުގެ ސަރުކާރުގައި ނެތްކަމަށެވެ. އަދި އެނާވަނީ ރައީސް ޔާމީން އަކީ، ރާއްޖޭގެ ތަރައްގީގެ “ތަޅުދަނޑި” ކަމަށް ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޅަތީފުމެން ތިކަހަލަ ކޮސްގޮވަން ދެންތިބޭ. މިހާރު ތިޔަހުންނަނީ ޒާތަކަށް މުޖުތަމައުން ބާކީވެފައެވެ. ދޭތެރެއަކުން އާދޭސްކޮށްގެން ކޮންމެވެސް މީޑިޔާއަކަށްއަރާ ހިތުން މޮޅުވާހަކައެއް ދެއްކޭތޯ ތިބަލަނީ. ތިބުނާ ސުކޫލަކީ އެސަރަހައްދުގައި ދިރިއުޅޭ މީހުން އުފުލަމުން ގެންދާތަކުލީފު ތަކަށް ވަގުތީހައްލެއްގެ ގޮތުން އަޅާދިން ވަގުތީ ސުކޫލެކެވެ. ޢެސުކޫލުން ދަރިވަރުން ނަށް ކިޔަވާދެނީ ހިކިކަނ’ޑުމަހާ ބެހޭ އިލްމެއް ނޫނެވެ. ޢަދި އެސަރަހައްދުގައި ރިރިއުޅޭ މީހުންތިބީ އެމީހުންގެ ދަރިންނަށް ތައުލީދިނުމަށް މިހާއަވަހަށް ވަގުތީގޮތުން ނަމަވެސް ސުކޫލެއް އަޅާދެއްވިކަށްޓަކާ އުފަލުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: