ޕީޕީއެމްެ ރިޔާސީ ކެޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމެއްގައި ހޯމް މިނިސްޓާ އިމްރާން އަބްދުﷲ އަށް ޖަލަށްލާނެކަމަށް ވިދާޅުވާފަދަ މޭރުމަކުން ޕީޕީއެމްގެ ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވާހަކަދައްކަވައިފިއެވެ.
ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ސުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމެއްގައި މި ސަރުކާރުގެ ފުލުހުންގެ ހިދުމަތުގެ އެންމެ މައްޗަށް ތިބި މީހުންގެ މައްސަލަތައް ބަލަން ފަށާނެކަމަށެވެ. ޝުޖާއު އިޝާރާތް ކުރެއްވީ ހޯމް މިނިސްޓާ އިމްރާން އަބްދުﷲ ރައީސް ޔާމީންއަށް އަމާޒުކުރައްވާ ދާދި ފަހުން ވިދާޅުވި ވާހަކައަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ހަފްލާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ޖަލުހުކުމެއް އައިސްފިނަމަ އެމަނިކުފާނު ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރަންޖެހޭނެ ކަމަށެވެ. އަދި އޭނާވިޔަސް ނުވަތަ އެހެން ބޭފުޅަކަށް ވިޔަސް ޖަލަށް ލައިފިނަމަ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭނެ ކަމަށާއި ސަބަބަކީ އެއީ އެކަން އޮންނަ ގޮތް ކަމަށްވާތީކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.
އިމްރާން ޖަލަށް ލިޔަސް ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހިބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެ. އެއީ އެކަންއޮތްގޮތް. އެކަން އަޅުގަޑުމެން ކުރަންޖެހޭ ގޮތް، އެތަނަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަން ޖެހޭތީ” ޝުޖާއު
އިމްރާން ވިދާޅުވީ ރައީސް ޔާމީން ރިހިބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ ކަމަށް އޭނާ ކުރިން ވިދާޅުވީ ސަމާސާއަކަށް ނަމަވެސް މިހާރު އެވާހަކަ ވިދާޅުވަނީ ސީރިއަސްކޮށް ކަމަށެވެ.
އިމްރާން އަށް ރައްދުދެއްވާ ސުޖާއު ވިދާޅުވީ ރައީސް ޔާމީން 2023 ވަނަ އަހަރު ކުރައްވާ ވެރިކަމުގައި ޖަލުތަކުގައި ވަރަށް ރަނގަޅަށް ރިހިބިލިޓޭޝާން ޕްރޮގްރާމްތައް ހިންގާނެކަމަށެވެ. އެ ފަރުވާ އިމްރާންއަށްވެސް ލިބިވަޑައިގަންނަވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.
އިމްރާންއަށް ލިބިވަޑައިނުގަންނަވާނެ ފަރުވާއަކީ އެއްވެސް ފަހަރިއަކަށް ޖަލަކަށް ވަޑައިނުގެންނެވޭނެ. އާއިލީ ބޭފުޅުންނާއި ދަރިންނަށް ބައްދަލުކުރެވޭނެ، އެ ފަރުވާ ޕްރޮގްރާމް އިމްރާން ފުރިހަމަ ކުރައްވާނީ“ ޝުޖާއު
އިމްރާން ވިދާޅުވީ ތެދެއްކަމަށް ފާހަގަކުރައްވާ ސުޖާއު ވިދާޅުވީ އިމްރާން ފާހަގަކުރެއްވިފަދައިން އޭނާ (އިމްރާން) ވެސް މި ޕްރޮގްރާމު ފުރިހަމަ ކުރާ މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާނެކަމަށެވެ.
އެހެން ނަމަވެސް ޖަލަކަށް ފޯނެއް ނުވެއްދޭނެ، ޖަލުގެ އެއްވެސް ގޮޅިއެއްގަ ފޮޓޯއެއް ނުނެގޭނެ“ ޝުޖާއު
މީގެ އިތުރުން ޝުޖާއު އޭނާގެ ވާހަކަގައި ވިދާޅުވީ އެބޭފުޅުން މިއަދު ހިތާމަކުރަނީ ރާއްޖެ މިހާލަތަށް ވެއްޓިގެން ދިޔައިރުވެސް ގައުމުގައި ތިބި ސިޔާސީ ލީޑަރުން މިކަންކަމާއިމެދު އެއްޗެއް ވިދާޅުނުވާތީކަމަށެވެ. މީގެ ތެރޭގައި ހުރިހާ ޕާޓީއެއްގެ ލީޑަރުން ހިމެނޭކަމަށް ވިދާޅުވެ ޝުޖާ ފާހަގަކުރެއްވީ އެމްޑީޕީ ވެރިކަމަށް ވަޑައިގެންނެވުމަށްޓާކައި ހެއްދެވި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްގެ ލީޑަރެވެ.

