ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޔޫ ފަހި ކުތުބުހާނާ ހުޅުވައިފި

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފަހި ކުތުބުހާނާ ހުޅުވައިފިއެވެ.

ފަހި ކުތުބުހާނާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވާހަކައެއްގެ ގޮތުގައި ވާހަކައެއް ލިޔެވިގެން އައީ 1920 ގެ ފަހުކޮޅު 1930 ގެ އަހަރުތައް ފެށެން އުޅުނު އިރު އަހުމަދު ކާމިލް ދީދީގެ ކަނބުލޮ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވާހަކައެއްގެ ގޮތުގައި ދިވެހިން ކިޔައިއުޅުނީ ބޮޑުތަކުރުފާނު ވާހަކަ ކަމަށެވެ. ބޮޑުތަކުރުފާނު ވާހަކަ އަކީ ވަރަށް ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހުރިހާ ރައްޔިތުން ވަރަށް އެއްގޮތަކަށް ކިޔަމުން އައި ވާހަކައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގައުމެއް ބިނާ ވަނީ އެއް ސަރަހެއްދެއްގައި އުޅޭ ބަޔަކު އެއްގޮތަކަށް ވިސްނާ އެއްގޮތަކަށް އަމަލުކުރަން ފަށައި އެއްބާވަތެެއްގެ ކަންތައްތައް ގަބޫލު ކުރަންފަށާ އެއް ގާނޫނަކަށް ބޯލަނބަން ނިންމައި އެކުގައި އުޅެން ފެށުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތް ބިނާ ކުރުމުގައި ވާހަކައިގެ ދައުރަކީ ވަރަށް މަތިވެރި ވަރަށް ބޭނުންތެރި އެއްޗެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ނޭޝަން ސްޓޭޓް އުފެދިގެން އައީ އެގައުމުތަކުގެ ވާހަކައާ އެކުކަމަށާއި އައްޑޫ އިން ފެށިގެން ކެލާއަށް ބޮޑުތަކުރުފާނު ވާހަކަ ކިޔަމުން ގެންދަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެވާހަކަ އަށް ގަބޫލުވެ އެވާހަކައިގައި ހިމެނޭ ވާހަކަތައް ގަބޫލުކޮށްތިބެ ކަމަށެވެ.

ރާއްޖެ ދިވެހިރާއްޖެ އަކަށް ވަނީ އެއް ވާހަކައެއް އެންމެންކިޔާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެވާހަކައަކީ ބޮޑުތަކުރުފާނު ވާހަކަ ކަމަށާއި އެވާހަކައިގެ ފަހުން ކިތަންމެ ވާހަކައަކަޢި ރައިވަރަކާއި ބަންޖެއް އެންމެން އެއްގޮތަށް ކިޔަމުން ގެންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ބަނޑޭރި ހަސަން މަނިކުފާނުގެ ވާހަކަތަކާއި  ހަސަން ތާޖުއްދީންގެ ވާހަކަތަކާއި ޅެންތައް ހިމެނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

1920 ގެ އަހަރުތަކަށް ދިވެހިން ފުރޮޅިގެން އައިއިރު ރާއްޖޭގައި އަދަބީ ގުލްޝަނެއް ވަނީ ފަރިވެ ފޮޅެންފަށާފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ބޮޑުފެންވަޅުގޭ ސީދީގެ ގުލްޒާރުގައި ނަޔާމަގޭ ޅެމަކީ ސީދީ ދެކިވަޑައިގެންނެވި ގޮތުގައި އާ ގާނޫނު އަސާސީ އާއި އެކު ދިވެހިން ދިރިއުޅޭނެ ގޮތް ކަމަށާއި އާ ގާނޫނު އަސާސީ އަށް ބަދަލު ވުމުގެ އެންމެ ބޮޑު އެއްސިއްރަކީ ވާހަކަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އާ ގާނޫނު އަސާސީ އެއްލިބި ލިއުމާއި ކިޔުން މަނާ ދުވަސްކޮޅެއް ދިޔަ ކަމަށާއި އެދުވަސްވަރު އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ލިޔުމާއި ކިޔުން މަނާ ކަމަށާއި އެދުވަސްވަރު ސަރުކާރުން އެންގެވި އެއްޗެއް އެންގެވި މިންވަރަކަށް ނޫން އެއްޗެއް އެންގެވި ބޭފުޅަކަށް ނޫން ބޭފުޅަކަށް އެނގުން މަނާވެގެންދިޔަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ދިވެހިން އެމަނާކަންމަތީ ހިފެހެއްޓުމެއްގައި ނުތިބެ އެދުވަސްވަރު ވަގަށް ލިޔެ އުޅުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ފެންނަން ހުރި ގިނަ މެނިސްކްރިޕްޓް ތަކަކީ ލިޔުން މަނާވެފައި އޮތް ދުވަސްވަރު ލިޔެފައިވާ މެނިސްކްރިޕްޓް ތައް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ލިޔެކިޔުމާއި އެކު ގައުމެއްގެ ގޮތުގައި ތަރައްގީވަމުން އައި އައުމުގައި ވަރަށް ގިނަ ލިޔުން ވަނީ ގެއްލިފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އައްޑޫ ލިޔުންތެރިން ތާނައަކުރަށް ފުރޮޅުނު ފަހުން ލިޔެފައިހުރިއެއްޗެހި ފެންނަލެއް މަދުވެފައިވާ ކަމަށާއި އެވޭލާ ގޮބޮޅިތާނައިން ލިޔެފައި ހުރިއިރު އެފަދަ ލިޔުންތައް ވަރަށް ބައިވަރު ފެންނަން ހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ތާނައަށް ބަދަލުވާން ފެށިފަހުން މެނިސްކްރިޕްޓް ތައް މަދުވާން ފަށާފައިވާ ކަމަށް ރައީސް ނަޝީދު  ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ލިޔުންތެރިން ލިޔެފައިވާ ބައިވަރު މައުލޫމާތު ހިމެނޭ ކަމަށާއި އޭގެތެރޭގައި ސިއްހީ މައުލޫމާތާއި ދަތުރުނާމާ އާއި ވާހަކަ ހިމެނޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ރަށެއްގައި ކޮންމެ ޔުނިވަރސިޓީއެއްގައި ކޮންމެ ސްކޫލެއްގައި  ކޮންމެ ދަރިވަރަކުވެސް  ގިނައިން ލިޔެ ގިނައިން ކިޔާ އަދި ލިޔުމާއި ކިޔުމުގެ އުފާވެރިކަމުގައި ދުވަހުގެ ކޮންމެސް ބައެއް އަބަދުވެސް ހޭދަކުރުމަކީ އާދައަކަށް ހެދުމަކީ ހަމަބުއްދީގައި ތިބުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފޯކަސް ނުގެއްލި ކަމެއްގައި ދެމިހުރުމަށް އެންމެ ބޮޑަށްބޭނުންވާ އެއްކަމަކީ އަބަދުވެސް ކޮންމެވެސް ވަރަކަށް ކިޔުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 120 ކެރެކްޓަރުގެ ޝިކާރައަކަށް މިއަދު މިވަނީ ވެފައިކަމަށާއި ، ޓްވިޓަރ ގައި އިންނަ 120 ކެރެކްޓަރގެ ދުރަށް ދާން ނޫޅޭ ކަމަށާއި ސުރުހީ ކިޔާލުމުން ނިމުނީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ސުރުހީގެ ދަށުން އޮތް ވާހަކައެއް ހަގީގަތުގައި ކިޔަން ބޭނުން ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ ކިޔުމުގެ އާދަ މިއަދަށް ވުރެ ފުޅާވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ފަހި ކުތުބުހާނާގެ މަގްސަދަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ ގޮތެއްގައި އެންމެހާ އަތޮޅުތަކުގައި ހުރި އެކިކަހަލަ މައުލޫމާތުތަކާއި ރަށްތަކާއި ބެހޭ ގޮތުން ނޭނގޭ އެކިކަހަލަ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ އިވެންޓެއް ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފައެވެ.

ލައިބްރަރީ ނުވަތަ ކުތުބުހާނާ އަކީ މައުލޫމާތު ހޯދުމަށް އޮތް މަގަކަށްވާތީ ދިވެހިރާއްޖޭގެ އެންސައިކްލޮޕީޑިއާ ރިއަލްޓައިމްގައި ތަޖުރިބާކޮށްލާ ރާއްޖޭގެ އަތޮޅުތަކާ ގުޅުވާލާ ޒިޔާރަތް ކޮށްލެވޭނެ ފަދަ އިހުސާސެއް ފަހި ކުތުބުހާނާ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ގާއިމްކޮށްދިނުމަކީީ މިއަދުގެ އިވެންޓްގެ އެއް އަމާޒު ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފައެވެ.

އެމްއެންޔޫ ފަހި ކުތުބުހާނާ ކުރިއަށް ދާނީ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހަަވީރު 3:45 އިން އިރުއޮއްސި 06:00 އަށް އަދި ރޭގަނޑު 8 އިން 10 އަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ މައި އިދާރާގައެވެ. އެ ވަގުތުތަކުގައި ފަހި ކުތުބުހާނާ އަށް އާއްމުކޮށް ހިލޭ ވަދެވޭނެ ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: