ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނީބަހުގެ ހިދުމަތް އޮމާންކުރަން 500 އަށްވުރެ ގިނަ އުޅަދުގައި ސްޓިކާރ ޖަހައިފިން: ފުލުހުން

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު— ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގާއިމު ކުރައްވާފައިވާ އާރްޓީއެލް މިނީ ބަހުގެ ހިދުމަތްތައް ދިނުމަށް ހުރަސްއެޅޭ ގޮތަށް ޕާކުކޮށްފައިވާ 500 އަށްވުރެ ގިނަ އުޅަނދަށް ފިޔަވަޅު އަޅައިފިއެވެ.

ފުލުހުންގެ މުއައްސަސާއިން އާންމުކޮށްފައިވާ ގޮތުން އެ މުއައްސަސާއިން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތަކާއިމެދު ފިޔަވަޅު އަޅާފައިވަނީ، އާރްޓީއެލް މިނީ ބަހުގެ ހިދުމަތްތައް އޮމާންކަމާއިއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.

އެގޮތުން ފުލުހުން އާންމުކުރި ހިސާބުން ދައްކާގޮތުން، މިނީބަސް ދުއްވާ ރޫޓުތަކުގައި ޕާކް ކުރުން މަނާ ކުރުމާއި ގުޅިގެން ތަންފީޒު ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމުލަކޮށް 538 އުޅަނދެއްގައި ޕާކިންގް ވައިއޮލޭޝަން ސްޓިކާރ ޖަހާފައިވެއެވެ. އަދި އެއް ކާރު ޓޯކުރުމުގެ އިތުރުން 30 ސައިކަލެއްވެސް ޓޯ ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހިސާބުތަކަކީ، ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުން 10 ވަނަ ދުވާހާއި ދެމެދު އެ މުއައްސަސާއަށް ކުރެވިފައިވާ މަސައްކަތްތަކެވެ. އަދި ބަސް ދުއްވާ ޓްރެފިކް ބާރު ބޮޑު ރޫޓުތަކުގައި ފުލުހުން ހަރަކާތްތެރިވާނެކަމަށާއި، ބަހަށް ދަތިވާފަދަ ގޮތަކަށް ޕާކުކޮށްފައިވާ އުޅަނދުތަކުގައި ސްޓިކާރ ޖަހައި ޓޯކުރަމުން ގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

މިނީ ބަހުގެ ހިދުމަތް ދިނުން ފައްޓާފައިވަނީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ. މިނީ ބަހުގެ ހިދުމަތައް ގިނަ ބައެއްގެ ތަރުހީބުތައް ލިބިފައިވާއިރު، ޓެކްސީ ފަދަ ތަކެތި ދުއްވާ ބައެއް ފަރާތްތަކުންވަނީ ބަސްތައް މާލެ ފަދަ ކުޑަ ރަށަކަށް އެކަށީގެން ނުވާކަމަށް ބުނެ ފާޑުކިޔާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޤައުމުގެ އިގުތިޞާދުދައްވެ ޤައުމު ބަނގުރޫޓުވަމުން ދާއިރު ދައުލަތް ނެގެހެއްޓުމައްޓަކައި ރައްޔިތުން ފެލައިގެންވެސް ފައިސާލިބޭނެ ގޮތެއް ހޯދަން ސްޓިކަޖަހަނީ.
    ނަމަވެސް ރައީސް ޞާލިޙު ވިދާޅުވި ތިމަންނަމެންނަކީ ޤައުމުގެ ބަޖެޓު ބޮޑުކުރަން ސްޓިކާ ޖަހަނެ ބައެއްނޫނޭ.
    އެކަމަކު ކަންކުރަނީ ވައުދުވީގޮތާ ދިމާ އިދިކޮޅަށް.
    މުނާ ފުގުންގެ ސިފަތައް ހަމަރަނގަޅަށް ލިބިފައި އެބަހުރި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: