ބޯހިމެނުމަށްޓަކައި ތަޅުލާފައި ހުންނަ އިމާރާތްތަކަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް ތަފާސް ހިސާބާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެދިއްޖެއެވެ.
މާދަމާއިން ފެށިގެން މި މަހު 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ބޯހިމެނުމުގެ މަސައްކަތް ކުރާ ޓީމުތައް ގޭގެ އަށާއި މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ދެމެދުގައެވެ.
ތަފާސްހިސާބާ ބެހޭ އިދާރާއިންވަނީ އެ ވަގުތުތަކުގައި ތަޅުލާފައި ހުންނަ އިމާރާތްތަކަށް ވަދެވޭނެ ގޮތް ހަދައި ދިނުމަށާއި އަދި ގޭބިސީތަކާއި މަސައްކަތްކުރާ ތަންތަނުގެ އިސްވެރިންނާ ބައްދަލުވާނެ ގޮތް ހަމަޖައްސައިދިނުމަށް އެދިފައެވެ. މީހާގެ މައުލޫމާތު މިރޭ ދަންވަރު 12:00 ގެ ފަހުން އެ މީހަކު ދިރިއުޅޭ ތަނަކުން ނަގާނެކަމަށް ބުނެފައިވެއެވެ.
ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނުކުރަން ހަމަޖެހިފަވަނީ އަންނަ އޮކްޓޫބަރު މަހުގެ ހަވަ ދުވަހުކަމުގައިވާއިރު، ދާއިމީ ނަތީޖާ އިއުލާނުކުރަން ނިންމާފައިވަނީ 20 ވަނަ ދުވަހުގައެވެ.

