ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީމަގުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް ފަށައިފި

އަމީނީ މަގު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓް ގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އަމީނީ މަގު، ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 13 ސެގްމެންޓަކަށް ބަހާލައިގެންނެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ. އަމީނީ މަގު ހެދުމުގެ މަޝްރޫއު ރަސްމީކޮށް ނިމިދިޔަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު ވަނީ އިފްތިތާހު ކޮށްފައެވެ.

އަމީނީ މަގުގެ ސެގްމެންޓް 1 ގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު މަގުގެ ބައެއް ވަނީ ބަންދުކޮށްފައެވެ. އެގޮތުން ފުރަތަމަ ސެގްމެންޓްގައި ހިމެނޭ އަމީނީ މަގާއި ހެންވޭރުން ބައެއް މިއަދު ބަންދުކުރެވިފައިވާއިރު މި މަސައްކަތް ކުރުމަށް ފުރަތަމަ ބަންދުކުރާނީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގާ ގުޅޭ ހިސާބުން ފެށިގެން، ބޮޑުތަކުރުފާނު މަގާއި އިރުދޭމާ ހިނގުން ގުޅޭ ހިސާބަށެވެ. އެއީ ގާތްގަނޑަކަށް 100 މީޓަރުގެ ސަރަހައްދެކެވެ.

މަގުގެ މަސައްކަތް ކުރިއަށްދާނީ އެ ސަރަހައްދު އެއްކޮށް ބަންދުކޮށްގެންނެވެ. އަމީނީ މަގު ހެދުމުގެ މަޝްރޫގައި ފުރަތަމަ ކުރިއަށްދާނީ މަގުގެ ގާތަށް ނެގުމުގެ މަސައްކަތެވެ.

އަމީނީ މަގު ހެދުމުގެ މުޅި މަޝްރޫގައި 1.7 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މަގު ހަދާއިރު ކޭބަލް ޖަންކްޝަންތައް ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި ތާރު އެޅުން ހިމެނެއެވެ.

މަގުހެދުމުގެ މަސައްކަތް އާރުޑީސީ އާ ހަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އަމީނީ މަގު ހެދުމަށް މަގު ބަންދުކުރާއިރު، މާލޭގައި ދުއްވާ މިނީ ބަސް ދަތުރުކުރާ ރޯޓަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. ސަބަބަކީ އަމީނި މަގަކީ އެހިދުމަތުގައި ބޭނުންކުރާ މައި ރޫޓެއް ކަމަށް ވާތީއެވެ. އެހެންކަމުން މަގުހެދުމުގެ މަސައްކަތް ކުރިއަށް ދާގޮތް ބަލައި އަމީނީ މަގުން ދަތުރުކުރާ ބަސްރޫޓަށް ބަދަލުތައް ގެނެސް އެ ބަދަލުތައް އާއްމުކުރަމުންދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: