ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ އެމީ އެވޯޑާއެކު ޒެންޑާޔާ ތާރީޙުގެ ތެރެއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސި ޓީވީ ސީރީޒް “ޔޫފޯރިއާ” އިން ރޫގެ ރޯލުން ފެނިގެން ދާ ހޮލީވުޑްގެ ޒުވާން ތަރި، ޒެންޑާޔާ ދެވަނަ އެމީ އެވަރޑް ހާސިލުކޮށްފިއެވެ.

އެމީ އެވޯޑަކީ ހޮލީވުޑްގެ ޓީވީ ސީރީޒް އަދި ފިލްމުތަކަށް ހާއްސަކޮށްގެން ދެމުންދާ އެވޯޑެކެވެ.

މިއަހަރުގެ އެމީ އެވޯޑާއެކު އުމުރުން އެންމެ 26 އަހަރުގެ ޒެންޑާޔާ ވަނީ މިހާތަނަށް ދެ ފަހަރު ލީޑް އެކްޓްރެސް އެވޯޑް ކާމިޔާބުކުރި އެންމެ ޒުވާން ފިލްމީތަރިއެއްގެ ގޮތުގައިވެސް ހިމެނިފައެވެ. 2020 ވަނަ އަހަރުގެ އެމީ އެވޯޑްސްގައި އެންމެ ފުރަތަމަ އެމީ އެވޯޑް ހާސިލުކުރި ޒެންޑާޔާ، އެމީ އެވޯޑް ހާސިލުކޮށްފައިވަނީވެސް އިނގިރޭސި ޓީވީ ސީރީޒް ޔޫފޯރިއާގައި އޭނާ ފެނިގެންދާ ކެރެކްޓަރ ރޫގެ ރޯލަށެވެ.

ޔޫފޯރިއާ ސީރީޒްގައި ދައްކުވައިދެނީ ހައި ސްކޫލް ދަރިވަރުންތަކެއްގެ ދިރިއުޅުމެވެ. އޭގެ ތެރޭގައި ޒެންޑާޔާގެ ކެރެކްޓަރ ރޫ އަކީ 17 އަހަރުގެ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުއްޖެކެވެ.

2019 ވަނަ އަހަރު ރިލީޒްކުރި މިސީރީޒަށް 2020 ވަނައަހަރުގެ އެމީއެވޯޑްސް އިންފެށިގެން އެކި ކެޓަގަރީތަކުން 25 އެވޯޑަކަށް ނޮމިނޭޓްވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: