ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮފީ ވިތް ކަރަންގެ ސީޒަން 8 އުފައްދަނީ

ކޮފީ ވިތް ކަރެްންގެ 7 ވަނަ ސީޒަންގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮލީވުޑްގެ މަޝްޙޫރު ޑައިރެކްޓަރ ކަރަން ޖޯހަރު ހޯސްޓްކޮށް ޕްރޮޑިއުސް ކުރާ ޝޯ ކޮފީވިތް ކަރަންގެ ސީޒަން 8 އުފައްދާނެކަން ހާމަކޮށްފިއެވެ.

ބޮލީވުޑް އެތައް ފަންނާނުންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ހިއްސާ ކުރާ މި ޝޯ އަކީ އާއްމުންގެ ގިނަ ބަޔަކުގެ ސަމާލުކަން ލިބިފައިވާ ގިނަ ބަޔަކު ބަލައި ބޮޑު ތަރުހީބެއް ލިބިފައިވާ ޝޯ އެކެވެ.

ސީޒަން 8 އުފައްދާނެކަން ކަރަން ހާމަކުރީ “ޑީ23 އެކްސްޕޯ“ ގައި ވާހަކަ ދައްކަމުންނެވެ. ކަރަން ބުނީ އޭނާގެ މި ޝޯއަށް ކާމިޔާބު ކަމާއި އެކު ބެލުން ތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާތީ އެކަމާއި އޭނާ އާއްމުން އަށް ޝުކުރު ކުރާ ކަމަށާއި މި ޝޯ ގެ ސީޒަން 8 ވެސް ބެލުންތެރިންއާއި ހަމަ އަށް ގެނެސްދޭނެ ކަމަށެވެ.

އާއްމުންގެ ގިނަ ބައެއްގެ ފާޑު ކިޔުން މި ޝޯ އަށް އަމާޒުވެ ބޮއިކޮޓް ކުރުމަށް ގޮވާލި ނަމަވެސް މި ޝޯ އަށް ލިބެމުން ދިޔަ ތަރުހީބަށް ބަދަލެއް އައިސްފައި ނުވާ ކަމަށްވެސް ކަރަން ފާހަގަކުރިއެވެ. އަދި މި ޝޯ ގެ އިތުރުން އެހެން ޝޯ އެއް ގެނެސް ދިނުމަށް ވެސް އޭނާ ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ކަރަން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: