ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ރައީސް ނަޝީދު ބަރުލަމާނީގެ ވާހަކަ ފައްޓަވައިފި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއް މެމްބަރަކު އަނެއް މެމްބަރަކަށް ރައްދު ދެވޭނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށް ވިދާޅުވެ ބަރުލަމާނީ ނިޒާމްގެ ވާހަކަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވައިފިއެވެ.

މިއަދު މަޖިލީހުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަން ހުންނަވަނިކޮށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަޑުގަދަ ކުރެއްވުމުން ޝަރީފް ވަނީ އެހެން މީހުންވެސް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވުމަށް ވިދާޅުވެ އެހެން ނޫންނަމަ އެހެން މީހުންވެސް ގަޔަށް ބޮލަށް އެރޭނެ ކަމަށް ވިދާޅުވެފައެވެ.

“އެހެންވީމަ އިއްޒަތްތެރި މެމްބަރު ހީފުޅު ނުކުރައްވާތި ތިމަންނަ އެކަންޏޭ އަޑެއް އޮންނަނީ. އޭ ޖާބިރު.  އެހެންވީމަ މަޑުން ހުންނަވާ. އެހެންމީހުން ވެސް ވާހަކަ ދައްކަވަން ފުރުސަތު ދެއްވާ. އެހެންވިއްޔާ ޖާބިރަށް މިތާ އެއްޗެއް ބުނިޔަކަ ނުދޭނަން މަވެސް. އަޅުގަނޑަކީ ވެސް އައްޑު އަތޮޅު ދާއިރާގެ މެމްބަރެކޭ. އެހެންވީމަ މަނިކުފާނު ވާހަކަ ދައްކަވާއިރު އަޅުގަނޑުވެސް ހުންނަނީ ކެތްތެރިވެލައްވައިގެން މަޑުމަޑުން . އެހެންވީމަ މަޑުން ހުންނަވާ.   ޝަރީފް

އެކަމާގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ނިޒާމް ހަމަޖެހިފައި އޮންނަ ގޮތުން އެއް މެމްބަރަކާއި އަނެއް މެމްބަރަކު މުހާތިބުކޮށް ވާހަކަ ދައްކާ ގޮތަށް ނޫން ކަމަށެވެ. އެގޮތަށް އެއް މެމްބަރަކާއި އަނެއް މެމްބަރަކު ރައްދު ދިނުމަކީ ބަރުލަމާނީ ނިޒާމަށް ހާއްސަވެފައި އޮންނަ ގޮތެއް ކަމަށާއި މިހާރު އޮންނަ ގޮތުން ހުރިހާ މެމްބަރުން މުހާތަބު ކުރައްވަން ޖެހޭނީ ރިޔާސަތަކަށް ކަމަށެވެ.
އޭގެ ރައްދުގައި ޝަރީފް ވިދާޅުވީ އޭނާ ރިޔާސަތާ މުހާތަބުކޮށް ރީތިކޮށް ވާޙަކަ ދައްކަނިކޮށް ގަޔަށްބޮލަށް އަރައިގަތުމުން ރިޔާސަތުން އެއްޗެއް ވިދާޅުނުވެ ނުހުއްޓުވީމަ ޝަރީފަށް އެއްޗެއް ދަންނަވަން ޖެހުނީ ކަމަށާއި އެހެންކަމުން އެވާހަކަ ރިޔާސަތުގެ ސަމާލުކަމަށް ގެނައީކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މަޖިލީހުގައި ނިޒާމް ގެއްލުނީމަ އެހެން މީހުންވެސް އެގޮތަށް އަމަލުކުރާނެ ކަމަށެވެ. ޝަރީފްގެ ވާހަކައަށް ރައްދުދެއްވަމުން މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމުން ރައީސް ނަޝީދު ވިދާޅުވީ ދެނުބައި އެއްވެގެން ރަނގަޅު ނުނިކުންނަ ކަމަށާއި އެއް ނިޒާމް ގެއްލުމުން އެ މައްޗަށް ދެން އަނެއް އިއްޒަތްތެރި މެމްބަރުން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ އެނިޒާމް އަލުން އަނބުރާ ރުޖޫއަ ކުރުމަށް ކަމަށެވެ. އޭގެ ޖަވާބުގައި ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވި ގޮތަށް ކުރިއަށްގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: