ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރުގެ ހިޔާލު: މަޖިލީހަށް ވިދިވިދިގެން 2 ދުވަހު ހާޒިރުނުވެއްޖެނަމަ ގޮނޑި ދޫކޮށްލަންޖެހޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ވިދިވިދިގެން 2 ދުވަހު ހާޒިރުނުވެއްޖެނަމަ އެ މެންބަރަކު މަޖިލީހުގެ ގޮނޑި ދޫކޮށްލަން ޖެހޭނެކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ދިވެހިުރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަށް އެދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ހުށަހެޅުއްވި އިޞްލާހަށް ވާހަކަދެއްކުމަށް ލިބުނު ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، މެމްބަރުންގެ އަދަދު ވަކި ވަރެއްގައި ހިފަހައްޓަން ބިލެއް ހުށަހެޅުއްވި އިރު މަޖިލީހުގައި މާމިގިލި ދާއިރާ މިހާރު ވެސް ތަމްސީލުނުވާ ކަމަށެވެ.

 ”އަޑުގަނޑު ގަބޫލެއް ނޫން ދިވެހިރާއްޖޭގެ ޑިމޮކްރަސީ ފަހަތަށް ދާކަށެއް. ގާސިމް އިބްރާހީމް މި މައްސަލަ ހުށަހެޅުއްވި އިރު އިއްޒަތްތެރި މެމްބަރު މި މަޖިލީހަށް ވަޑައިނުގެން، އަދި މަޖިލީހަށް ދެން އަންނާން ޖެހޭ މީހާއަށް ވެސް ނާދެވޭ ގޮތަށް އޮންނަ [މިބިލުން ފުރުސަތު އެބަ ހަނިކުރޭ]،“ ޖާބިރު ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލީހުގައި އަމިއްލަ ދާއިރާ ތަމްސީލު ނުކުރެވޭއިރު، މިފަދަ ބިލެއް ހުށަހަޅަން ލަދުވެތި ވާންޖެހޭކަމަށްވެސް ޖާބިރުވިދާޅުވިއެވެ.

“ރައްޔިތުންގެ މަޖިލީހަށް ވިދިވިދިގެން ދެ ދުވަހު ނައިސްފިނަމަ ވަގުތުން ގޮނޑި ދޫކޮށްލަންޖެހޭނެ. ލަދެއް ނުގަނޭތޯ ބޮޑެތި ބޭފުޅުން މިތަނަށްނައިސް އަދިވެސް ހަނިކުރާ ވާހަކަދައްކާކަށް.މިކަމާ އަޅުގަނޑު ވަރަށް ހިތްހަމަނުޖެހިއްޖެ.“ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކާގައި އިތުރަށް ވިދާޅުވީ މިހާރުވެސް މަޖިލީހުގައި 87 މެމްބަރުން ތިބި އިރު މަޖިލީހަށް ވަޑައިގަންނަވަނީ މަދު މެމްބަރުން ކަމަށް ވާތީ މަޖިލީހުގައި ދާއިރާތައް ތަމްސީލު ނުވާ ކަމަށެވެ. މަޖިލީހުގެ ޖަލްސާތަކަށް ވަރަށް މަދުން ނޫނީ ވަޑައިނުގަންނަވާ ގާސިމް ތަމްސީލުކުރައްވާ މާމިނގިލި ދާއިރާއާއި އޭނާއަށް ވުރެ ވެސް މަދުން ޖަލްސާތަކަށް ވަޑައިގަންނަވާ އަހުމަދު ސިޔާމް ތަމްސީލުކުރައްވާ މީދޫ ދާއިރާގެ ނަން މިސާލެއްގެ ގޮތުގައި ޖާބިރު ދެއްކެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: