ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ފާޑުވިދާޅުވާތީ ކެޕްޓަން އިހުސާނަށް އެމްއެންޑީއެފް އަހަރީ ޖަލްސާއަށް ދައުވަތު ނުލިބުނު!

ކެޕްޓަން އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ފާޑު ވިދާޅުވާތީ ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ހަފްލާގައި ބައިވެރިވުމަށް ދައުވަތު ލިބިފައި ނުވާކަމަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ޖަލްސާއެއް ބޭއްވި އިރު، ހަފްލާއަށް އަސްކަރިއްޔާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅުންނަށް ދައުވަތު އެރުވި އެވެ. އަދި މިއީ ކޮންމެ އަހަރަކު ވެސް އަމަލު ކުރަމުން އަންނަ އުސޫލެއްކަން ފާހަގަ ކުރެވެ އެވެ.

އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އިހުސާނަކީ 2005 ވަނަ އަހަރުން ފެށިގެން 2017 އާއި ހަމައަށް އަސްކަރިއްޔާއަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި އިހުސާން ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގެންނެވި އިރު ހުންނެވީ ކެޕްޓަނެއްގެ ރޭންކުގަ އެވެ.

ރޭގެ ޖަލްސާއަށް ދައުވަތު ނުލިބޭތީ، ކަންބޮޑުވުން ހިއްސާކޮށް އިހުސާން ވިދާޅުވީ 2005 އިން ފެށިގެން މިއަދާއި ހަމައަށް ކޮންމެ އަހަރަކު ވެސް އޭނާއަށް އަހަރީ ދުވަހުގެ ޖަލްސާގައި ބައިުވެރުވުމުގެ ދައުވަތު ލިބުނު ކަމަށެވެ.

މި އަހަރު ދައުވަތު ނުލިބުނީ، ސަރުކާރަށް ފާޑުވިދާޅުވާތީ ސަރުކާރަށް ބަދު ބަސް ބުނާ މީހެއްކަމަށް ސިފައިންގެ އިސްވެރިން ދެކޭތީކަމަށް އިހުސާން ވިދާޅުވި އެވެ. އިހުސާން ވިދާޅުވީ ޖަލްސާގެ އެންމެ ކުރީ ސަފުގައި ތިބީ ސިފައިންނަކީ ފިނދަނަތަކެއްކަމަށާއި، އެއީ ބާޣީންކަމަށް ބުނެ މަގުމަތީ 11 އަހަރު ހޭދަ ކުރި މީހުން ކަމަށެވެ. އަދި އޭނާއަކީ އަމިއްލަ ނަފުސަށް ބެލުމެއް ނެތި ސިފައިންގެއަށް ހިދުމަތް ކުރި މީހަކަށް ވާއިރު ހާލަތު ހުރި ގޮތަކީ ޖަލްސާއަށް ދައުވަތެއް ވެސް ނުލިބުންކަމަށް އޭނާ ވިދާޅުވި އެވެ

އިހުސާން ވިދާޅުވީ ސިވެހި އަސްކަރިއްޔާ ސިޔާސީ އައްޑަނައަކަށް ހަދާފައިވާކަމަށާއި، ނަމަވެސް ސިޔާސީ މީހުން ކިތަންމެ ސިޔާސީ ވިޔަސް ގައުމުގައި ހުންނަ މިފަދަ މުވައްސަސާތަކަށް އަތް ބާނައިގެން ނުވާނެކަމަށެވެ.

ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގެންނެވި އިރު އިހުސާން ވަނީ، 2015 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދަތުރު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އަދި ހިބަޅިދޫ އާއި ބައެއް އެހެން ސަރަހައްދުތަކުން ހަތިޔާރުތަކެއް ހޯދައި ހިންގި ބޮޑު އޮޕަރޭޝަނުގައި އިސްކޮށް ބައިވެރިވެވަޑައިގެންފަ އެވެ. އަދި އެ މައްސަލައިގައި އުފެއްދި އިންކުއަރީ ކޮމިޓީގެ މެމްބަރުކަން ވެސް އަދާ ކުރެއްވި އެވެ.

އިހުސާން ވަނީ، ސިފައިންގެ އެކްސްޕްލޯސިވް އޯޑަނެންސް ޑިޕާޓްމަންޓުގެ އިތުރުން، ސިފައިންގެ ބަޑި ގުދަނުގެ ހާއްސަ އޮޑިޓުގައި ވެސް އިސްކޮށް ހަރަކާތްތެރިވެފަ އެވެ.

އެމެރިކާގައި މިލިޓަރީ ސްޓްރެޓިޖިކްގެ ދާއިރާ އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިހުސާން ވަނީ ބެޗްލާސް ޑިގްރީ ހާސިލު ކުރައްވާފަ އެވެ. އަދި ސިންގަޕޫރުން މާސްޓާސް ޑިގްރީ ފުރިހަމަ ކުރެއްވި އެވެ.

އިހުސާން ވަނީ އެމެރިކާގެ މެރިންކޯ އާއި އެކު ހާއްސަ ޓްރެއިނިން އެއްވެސް ފުރިހަމަ ކުރައްވާފަ އެވެ. އަދި ކެޕްޓަން އިހުސާން ވަނީ އެމެރިކާގައި ގިނަ ތަމްރީން ތަކެއް ފުރިހަމަ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ޔޫއެސް އެއާބޯން ސްކޫލުގައި ވައި ކުޑައިން ފުންމުމުގެ ތަމްރީން ފުރިހަމަ ކުރެއްވި އެވެ.

ސިފައިންގެ ހިދުމަތުގައި އިހުސާން މެރިން ޑިޕްލޮއިމަންޓް ޔުނިޓުގެ ކޮމާންޑަރުކަމާއި އަދި މިލިޓަރީ އިންސްޓްރަކްޝަން ޑިޕާޓްމަންޓުގެ ހެޑްކަމާއި ސިފައިންގެ ޑެޕިއުޓީ ސްޕޯކްސްޕާސަންގެ އިތުރުން މިނިސްޓާރ ބިއުރޯގައި ވެސް މަސައްކަތް ކުރެވި އެވެ.

ހިދުމަތުން ވަކިވެވަޑައިގަތުމަށް ފަހު، އިހުސާން ވަނީ މި ސަރުކާރުގެ އެކި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ ސިޔާސީ ކުރާކަމާއި، ވެރިންގެ ތެރޭގައި އިހުލާސްތެރިކަމެއް ނެތްކަމަށް ވިދާޅުވެ ޓުވީޓުތަކެއް ކުރައްވަ އެވެ. އަދި ރާއްޖެއަށް ބޭރުުގެ ނުފޫޒު ވަދެފައިވާކަމަށް ވިދާޅުވެ ޓުވީޓުތަކެއް ކުރައްވަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: