ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝެއިޚް ފަޒްލޫނު ދޫކޮށްލި މައްސަލަ ހައިކޯޓުން ބަލައިގެންފި!

ޝެއިހު ފަޒްލޫން މުހައްމަދު / ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތު މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާޙަގަކުރުމަށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުން ތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިޔާ، ޝައިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުފާނު ބަލައިގަންނަން ހައިކޯޓުން ނިންމައިފި އެވެ.

ޝެއިޚް ފަޒްލޫން ކޮށްފައިވާ ޓުވީޓެއްގައިވަނީ، ޔޯގާ ހަމަނުޖެހުމާއި ގުޅިގެން އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަކް ކޯޓުން ކުރި އަމުރު ބާތިލް ކުރުމަށް އެދި ރައީސް ސޯލިހާއި ހޯމް މިނިސްޓަރު އިމްރާންގެ އަމްރަށް ފުލުހުންގެ އެދުމުގެ މަތިން ޕީޖީއިން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން މުރާޖާކޮށް ހައިކޯޓުން އެ މައްސަލަ ބަލައިގެންފި ކަމަށެވެ.

ޝެއިޚް ފަޒްލޫން ހައްޔަރުކުރީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ.

އެއަށްފަހު ޝައިހްގެ ބަންދުގެ މުއްދަތު އެތައް ފަހަރެއްގެ މަތިން އިތުރު ކުރުމަށްފަހު، ޖުލައި 21 ވަނަ ދުވަހު ޝަރުތުތަކަކާއިއެކު އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ.

އެންމެ ފުރަތަމަ މި މައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅީ މިދިޔަ މަހު ކުރީކޮޅުގަ އެވެ. އޭރު މި މައްސަލަ ބަލައިނުގަތުމަށް ނިންމައި ހައިކޯޓުން ބުނީ ޝައިހް ފަޒްލޫން ބަންދުން ދޫކޮށްލަން ކުރި އަމުރު ބާތިލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ކޯޓުން ނިންމި އެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޖުމުލަ 20 އަށްވުރެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ޝެއިހް ފަޒްލޫން ބަންދުކުރީ ހަމަނުޖެހުން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: