ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑަށް ރަނގަޅީ ޤާސިމް ހުށަހެޅުއްވި ބިލު އަނބުރާ ގެންދިޔުން: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް.- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މިހާރު އޮތް ވަރުގައި ހިފަހެއްޓުމަށްޓަކައި ގާނޫނު އަސާސީއަށް ބަދަލުގެންނަން ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު މަޖިލީހަށް ހުށަހެޅުއްވި ބިލު އަނބުރާ ގެންގޮސް، ޕާޓީތަކާ މަޝްވަރާކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.

ރައީސުލް ޖުމަހޫރިއްޔާގެ ގާނޫނު އަސާސީއަށް ބަދަލު ގެންނަން ގާސިމް ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދާ ބަހުސްގައި ބައިވެރިވެ ވަޑައިގެން އަސްލަމް ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލެއް ގެނައުން ފަދަ ބޮޑު ބަދަލެއް އަންނަ އިރު ވީހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ މަސްއޫލިއްޔަތު އޮތީ މަޖިލީހަށް ކަމަށް ވިޔަސް، އެކަމުގައި ސިޔާސީ އެހެން ފަރާތްތަކާ ވެސް މަޝްވަރާކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

”އެހެން ކަމުން އަޅުގަނޑު އެދެނީ މި ބިލާ ދޭތެރޭގައި އިތުރަށް ވިސްނައި، އިތުރަށް މަޝްވަރާކުރެއްވުމަށް އިއްޒަތްތެރި މެމްބަރު މި ބިލު އަނބުރާ ގެންދެވުމަށް،“ އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކިވަރެއްގައި ހިފަހައްޓަން އޭނާ ދެކޮޅެއް ނޫނެވެ. ނަމަވެސް، މިހާރު މެމްބަރުން ތިއްބެވި އަދަދު ކަމަށްވާ 87 އެެއީ ކިހިނެތް އައި އަދަދެއްކަން ވިސްނައިލަން ޖެހޭ ކަމަށާއި އެއީ އަދަދެއް ކަަމަށް ބަލައި އިދާރީ ދާއިރާތަކަށް އެެ އަދަދު ބަހާލީމާ ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އެކަމުގައި ވިސްނަން ޖެހޭ އެހެން ގިނަ ކަންތައްތައް އެބަހުރި ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޤާސިމް ތިޔަބިލު އަބުރާނުގެންދާތި މަޖްލިސް މެންބަރުންގެ އަދަދު ކުޑަކުރަންޖެހޭ ބޭކާރު ޙަރަދު ތިޔަބއަދަު 2 ބައިކޮށަފަ އެއްބައި ހަދަންވީ މާގިނައީ މިއީ އެމެރިކާއެއްނޫން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: