ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާންގެ މިސާލަކީ ވަޅެއްތެރޭ އޮތް ބޮކެއްގެ މިސާލު: އާދަމް ޝަރީފް

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ އަކީ ކަން ހިނގަމުންދާ ގޮތުގެ ހަގީގަތް ނޭނގޭ ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ސިފަކުރައްވައިފިއެވެ.

ދާދި ފަހުން ލ އަތޮޅުގައި ކުރިއަށް ގެންދިޔަ ވިޔަވަތި ކޮންފަރެންސްގައި، ރައީސް ސާލިހަކީ، މަޝްވަރާ ކުރައްވާ ބޭފުޅެއްކަމަށް ސިފަކުރައްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވާހަކަތަކެއް ދައްކަވާފައެވެ. އަދި އެކި ފަރާތްތަކުގެ ނުރުހުމާއު ފާޑުކިޔުންތައް އަމާޒުވުމާއި އެކު އިމްރާންވަނި ޓްވިޓަރ މެދުވެރިކޮށް އެވާހަކަތައް ތަކުރާރު ކުރައްވާ، ރައީސް ސާލިހާއި ރައީސް ޔާމީންގެ ދެމެދު ހުރި އެންމެ ބޮޑު އެއް ތަފާތަކީ، މަޝްވަރާ ކުރުމާއި ނުކުރުންކަމަށް ސިފަކުރައްވާފައެވެ.

އިމްރާން ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވާ އާދަމް ޝަރީފްވަނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިޔަވަތި ކޮންފަރެންސައް ނުގެންދަވަނީ، މަޝްވަރާ ކުރައްވާވަރުންތޯ ސުވާލުކުރައްވާފައެވެ.

ރައީސް ނަޝީދުގެ ބައިވެރިވުން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް ގައުމީ ބައްދަލުވުމުގައި ނެތްކަމަށް އިޝާރާތްކުރައްވާ، އާދަމް ޝަރީފްވަނީ، ރައީސް ސާލިހާއި އެކު ކޯލިޝަން ހެއްދެވުމާއި ކޯލިޝަންއެއް ނެތުމާއި އެއް ފަދަ ކަމަށް ދޭހަވާ މޭރުމަކުން ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާކަން ފާހަގަކުރައްވާ، އެފަދަ ވާހަކައެއް ގާސިމްގެ ފަރާތުން އިވިގެންދިޔައީ ރައީސް ސާލިހު އެކި ކަންކަމުގައި މަޝްވަރާ ކުރައްވާތީ ތޯ ސުވާލުކުރައްވާފައެވެ.

ރައީސް ސާލިހަކީ، މަޝްވަރާ ކުރައްވާ ބޭފުޅެއްކަމަށް ދެކެވިފައިވާ ވާހަކަތަކައް އިޝާރާތްކުރައްވާ އެމަނިކުފާނަށް ފާޑުކިޔުންތަކެއް އަމާޒުކުރެއްވި އާދަމް ޝަރީފްވަނީ އެނާ ކުރެއްވި ޓްވީޓާއި އެކު އިނގިރޭސި ހަރުބަހެއް ހިމަނުއްވާ ޝައިހު އިމްރާނަކީ، އެއްވެސް ކަމެއްގެ ހަގީގަތް އިނގޭނެ ހިސާބެއްގައި ހުންނެވީ ބޭފުޅެއް ނޫންކަމަށް ފާހަގަކުރައްވާފައެވެ.

ވަޅެއްގައި އިން ބޮކަކަށް ކަނޑުގައި ހިންގާ ކަންކަމެއް ނޭގޭނެކަމަށް ފާހަގަކުރައްވާ އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ލ އަތޮޅުގެ ވިޔަވަތި ކޮންފަރެންސްގައި ބައިވެރިވެފައިނުވާކަމަށް ފާހަގަކުރައްވާފައިވާއިރު، ލ އަތޮޅު ކޮންފަރެންސްގެ ކުރިން އުކުޅަހުގައި ކުރިއަށް ގެންދިޔަ ވިޔަވަތި ކޮންފަރެންސްގައިވެސް ރައީސް ނަޝީދު ބައިވެރިވެފައިނުވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: