ހަބަރާއި މައުލޫމާތުގެ އެންމެ 1 ވަނަ ޕްރޮގްރާމަކަށް ސަންގު ބަހުސް ހޮވިއްޖެއެވެ.
ބްރޮޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން ތައާރަފްކުރި ބްރޮޑްކޮމް އެވޯޑްގެ އެންމެ މުހިއްމު އެއް އެވޯޑް ކަމަށްވާ ބެސްޓް ކަރަންޓް އެފެއާޒް ކެޓެގަރީ އިން އެވޯޑް ލިބުނީ ސަންގު ޓީވީ އިން ގެނެސްދިން ސަންގު ބަހުސް އަށެވެ.
ކަރަންޓް އެފެއާޒްގެ ގިނަ ޕްރޮގްރާމްތައް ރާއްޖޭގެ ހުރިހާ ޗެނަލްތަކުން ގެނެސްދިން ނަމަވެސް، ކަރަންޓް އެފެއާޒް ޕްރޮގްރާމްގެ ކެޓަގަރީން ނޮމިނޭޓް ވީވެސް ހަމައެކަނި ސަންގު ޓީވީގެ ތިން ޕްރޮގްރާމެވެ. އެއީ ސަންގު ބަހުސްގެ އިތުރުން ވިންދު ޕްރޮގްރާމާއި ޚަބަރަށްފަހު ޕްރޮގްރާމެވެ.
ބްރޯޑްކޮމް އިން އެވޯޑް އިން 19 ދާއިރާގެ ތެރެއިން 18 އެވޯޑެއް ލިބުނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އާއި އެ ކުންފުނީގެ ޗެނަލްތަކާއި މުވައްޒަފުންނަށެވެ.
އެވޯޑް ލިބުނު އިތުރު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:
ޓެލެވިޝަން ބެސްޓް އެންޓަޓެއިންމެންޓް އެވޯޑް – މޯލްޑިވިއަން އައިޑޮލް (ޓީވީއެމް)
– ރޭޑިއޯ ބެސްޓް އެންޓަޓެއިންމެންޓް އެވޯޑް – ދިރިއުޅުން (ދިވެހިރާއްޖޭގެ އަޑު)
– ބެސްޓް ޑޮކިއުމެންޓްރީ (ޓީވީ) – ތޮއްޑޫ: އައިލެންޑް އޮފް ވޯޓާމެލަން (ޓީވީއެމް)
– ބެސްޓް ކަރަންޓް އެފެއާޒް ޕްރޮގްރާމް (ޓީވީ) – ސަންގު ބަހުސް (ސަންގު ޓީވީ)
– ބެސްޓް ޑޮކިއުމަންޓްރީ ޕްރޮގްރާމް (ރޭޑިއޯ) – ވެހި ދިވެހިން (ދިވެހިރާއްޖޭގެ އަޑު)
– ބެސްޓް އެންވަޔަރުމެންޓް ޕްރޮގްރާމް (ޓީވީ) – ނައިންޓީ ނައިން (ޓީވީއެމް)
– މޯސްޓް ކްރިއޭޓިވް ޕްރޮގްރާމް (ޓީވީ) – ދިވެއްސަކު ދެކުނު އިންޑިއާގައި (ޓީވީއެމް)
– ޕްރޮގްރާމް އޮފް ދަ އިޔާ އޮން ސޯޝަލް އެވެއާނަސް (ޓީވީ) – އިހުސާސް (ޓީވީއެމް)
– ޕްރޮގްރާމް އޮފް ދަ އިޔާ އޮން ސޯޝަލް އެވެއާނަސް (ރޭޑިއޯ) – އަހަރެން (ދިވެހި އެފްއެމް)
– ބެސްޓް ޑޭޓައިމް ޕްރޮގްރާމް (ޓީވީ) – ހެނދުނު ހެނދުނާ (ޓީވީއެމް)
– ބެސްޓް ޑޭޓައިމް ޕްރޮގްރާމް (ރޭޑިއޯ) – ބާއްޖަވެރި ހެނދުނެއް (ދިވެހިރާއްޖޭގެ އަޑު)
– ބެސްޓް ޗިލްޑްރެންސް ޕްރޮގްރާމް (ޓީވީ) – ސްޕެލިން ބީ (ޓީވީއެމް)
– ބެސްޓް ޗިލްޑްރެންސް ޕްރޮގްރާމް (ރޭޑިއޯ) – އެބައުޅޭއެބައުޅޭ (ދިވެހިރާއްޖޭގެ އަޑު)
– ބެސްޓް ރިލިޖަސް އެވެއާނަސް ޕްރޮގްރާމް (ޓީވީ) – ފިކުރާތު (ޓީވީއެމް)
– ބެސްޓް ރިލިޖަސް އެވެއާނަސް ޕްރޮގްރާމް (ރޭޑިއޯ) – އިޖުތިމާއީ މުއުޖިޒާތް (ދިވެހިރާއްޖޭގެ އަޑު)
– ބެސްޓް ޕްރޮގްރާމް ޕްރެޒެންޓަރު (ޓީވީ) – އައިމިނަތު ނަމްޒާ
– ބެސްޓް ނިއުސް އެންކާ އޮފް ދަ އިޔާ (ޓީވީ) – އަބްދުﷲ މުއާޒް (ޓީވީއެމް)
އެއެވޯޑްތަކުގެ އިތުރުން ވަނީ ޖޫރީންގެ ހާއްސަ އެވޯޑެއް ވެސް ދީފަ އެވެ. އެ އެވޯޑް ލިބުނީ ބެސްޓް އެވޯޑް ފޯ ޓެކްނިކަލް އެކްސެލެންސްގެ ދަށުން ޓީވީއެމުން ގެނެސްދީފައިވާ ތޮއްޑޫ ދަ އައިލެންޑް އޮފް ވޯޓާމެލަން އަށެވެ. އަދި މޯސްޓް ޕްރޮމިސިން ޓީވީ ޕްރޮގްރާމް ޕްރެޒެންޓަރުގެ އެވޯޑް ލިބުނީ ޝަމްރާ ޝަމީމް (ކުޑޫ) އަށެވެ.
ބްރޯޑްކާސްޓިން އެވޯޑަށް ނުވަ ޓީވީ ޗެނަލަކާއި ތިން ރޭޑިއޯ ޗެނަލަކުން ހުށަހެޅުންތައް ހުށައެޅިއިރު އެ ހުށަހެޅުންތައް ބަލައި އެވޯޑް ކަނޑައަޅާފައިވަނީ ބްރޯޑްކާސްޓިން އަދި ޕްރޮޑަކްޝަން ދާއިރާގެ ތަޖުރިބާކާރު ފަސް ބޭފުޅުންގެ ޕެނަލަކުންނެވެ.
މި ހަފްލާގައި ނޫސްވެރިކަމުގައި މަސައްކަތް ކުރެއްވި އެހާރާއި މިހާރުގެ ފަރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑް ދީފައިވެއެވެ.

