ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ގުރުއާނުގައި އޮތް މަރުގެ ހުކުމް ފެންނާނެބާ؟: މެމްބަރު މުހައްމަދު ނަޝީދު

ސްކްރީންޝޯޓްތަކުން ފެންނަގޮތުން މެމްބަރު މޮސްޓާ ވަނީ ހަޑިހުތުރު ބަހުރުވަ ބޭނުންކޮށް މުހާތަބުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މަރުގެ ހުކުމު ތަންފީޒު ނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

ދީނީ ގޮތުން ހިލާފު އުފެދޭ ކަންކަމުގެ މައްސަލަތައް ދިވެހިރާއްޖޭގައި ފެންމަތިވުމުން، ސައުދީ އަރަބިއްޔާގައި އެކަމެއް ކުރަމުން ދިއުން ބަހަނާއެއް ގޮތަށް ސަރުކާރުން ބޭނުން ކުރާކަން ފާހަގަކުރައްވާ ރައީސް ސާލިހު އަދި ސަރުކާރަށް ގިނަ ފާޑުކިޔުންތައް އަމާޒުކުރައްވާފައިވާ މެމްބަރު މުހައްމަދު ނަޝީދުވަނީ ސަރުކާރުން އެފަދަ އުސޫލަކުން ކަން ކަން ކުރަމުންދަނީ ފޯރިއާއި އެކު ކަމަށް ވިދާޅުވެފައެވެ.

ރައީސް ސާލިހުގެ ސަރުކާރުން ސައުދީ އަރައްބިއްޔާގައި ކަންކަން ކުރާ އުސޫލު މިސާލަކަށް ނަގާކަމަށް ފާހަގަކުރައްވާ މުހައްމަދު ނަޝީދު ވަނީ، ސައުދީގައި މަރުގެ ހުކުމް ތަންފީޒު ކުރާކަމަށް ފާހަގަކުރައްވާ 2020 ވަނަ އަހަރުގެ ތެރޭގައި ރަސޫލާއަށް ހަޖޫޖެހި މައްސަލައަކާއި ގުޅިގެން ސައުދީގައި މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާކަމަށް އިޝާރާތްކުރައްވާފައެވެ.

މެމްބަރު ނަޝީދު ވިދާޅުވީ، ސައުދީގައި މަރުގެ ހުކުމްވެސް ތަންފީޒުކުރާކަމަށެވެ. އެހެންކަމުން ސައުދީއިން ކަންކަން ކުރާ އުސޫލުތައް މިސާލެއް ގޮތުގައި ނަގަމުންދާތީ، އެ އުސޫލުގެ މަތިން ރާއްޖޭގައި މަރުގެ ހުކުމްވެސް ތަންފީޒުކުރަންވީ ކަމަށް އިޝާރާތްކުރައްވާފަައެވެ.

މުހައްމަދު ނަޝީދު ވިދާޅުވީ، ބަގަރާ ސޫރަތުގެ 178 ވަނަ އާޔަތުގައި މަރުގެ ހުކުމް ވަނީ ސާފުކޮށް ބަޔާން ކުރެވިފައިކަމަށެވެ. އެހެން ނަމަވެސް ރައީސް ސާލިހު އަދި ސަރުކާރުގެ އިސްވެރިންނަށް އެ އާޔަތް ފެނިފައިނުވާކަމަށް ސިފަކުރައްވާ އެނާ ވަނީ އެ އާޔަތް ފެންނާނެ ދުވަހެއް އަންނާނެތޯ ސުވާލު އުފައްދާފައެވެ.

ދާދި ފަހުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ ތަޅުމަށް ހާޒިރު ކުރުމަށް ފަހު މެމްބަރުންވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމާއިމެދު ސަރުކާރުގެ ވިސްނުން ހުރި ގޮތް ބައްލަވާފައެވެ. އިމްރާން ވިދާޅުވެފައިވާގޮތުން މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ކުރިންވެސް ދިވެހިރާއްޖޭގައި ގެންގުޅެފައިވާ ސިޔާސަތެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން އެ ހުކުމް ތަންފީޒު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އިމްރާންވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: