އެއް ޖިންސުން ގުޅުން ހިންގާ މަަންޒަރު ވީޑިއޯއެއް ލީކުވީ މައްސަލައިގައި ހައްޔަރު ކުރި، ވަކީލް ނާޒިމް ސައްތާރުގެ މައްޗަށް ކުށް ސާބިތުވެ އޭނާ 03 މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާ އެކު ނާޒިމް އެއް ޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެ ނާޒިމް ވަނީ އެކަމަށް މާފަށް ވެސް އެދިފަ އެވެ. އަދި ކުރެވުނު ކުށަށް ތައުބާވާކަމަށް ކޯޓުގައި ބުނެފައި ވެއެވެ.
މައްސަލައިގައި ނާޒިމްގެ މަށްޗަށް ކުޑަ ހުކުމެއް އައީ އޭނާ ކުށަށް އިއުތިރާފުވެފައި ވާތީ އެވެ. އަދި ގޭބަންދު ކުރުމަށް ހުކުމް ކުރީ ތިން މަހަށް ނަމަވެސް ބަންދުގައި ހޭދަ ކުރި މުއްދަތު އުނި ކުރުމުން އެއީ ދެ މަހާއި ބާރަ ދުވަހެވެ.

