ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގުން: ނަސީރުގެ މައްސަލަ ކޯޓުން ބަލައެއް ނުގަތް!

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނޫސްވެރިޔާ ނަސީރު ހައްޔަރު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އިބްރާހީމްގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކޯޓުން އެމައްސަލަ ބަލައި ނުގަނެ އަނބުރާ ފޮނުވާލައިފިއެވެ.

ނަސީރު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މީގެ ދުވަސްކޮޅެއް ކުރިން ވަނީ އާންމުވެފައެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް މަހެއްހާ ދުވަހު ޖަލުގައި ބޭއްވިއެވެ. އަދި ފުލުހުން އޭނާ ދޫކޮށްލާފައިވަނީ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވުމަށްފަހުއެވެ.

”ސަންގު”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި ދައުވާ ބަލައި ނުގަތުމަށް ނިންމާފައިވަނީ ދައުވާގައި އަސާސީ ކަންތައްތަކެއް ފުރިހަމަ ނުވާތީއެވެ. އަދި ޕީޖީ އޮފީހުން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ރިވިއުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހަށް ހުށަހަޅައިފައެވެ.ނަމަވެސް އެނގިފައިވާ ގޮތުގައި އެ މައްސަލަ ރިވިއު ކުރުމަށް ޕީޖީން ހުށަހެޅީ ގާނޫނުގައި އެކަމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވި ފަހުންނެވެ. އެހެންކަމުން އެމައްސަލަ ދެން ބަލައި ގަންނާނެ ކަމަކަށް ނުބެލެވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެތައްބަޔަކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކެއްވަނީ ސޯޝަލްމީޑިއާގައި އާންމުވެފައެވެ. އަދި  އެ މައްސަލާގައި ޝާމިލްވާ އެތައްބަޔަކު ހައްޔަރުކޮށް ބައެއް މީހުނމްގެ މައްޗަށް މިހާރުވަނީ ހުކުމް ކުރެވިފައެވެ. އެގޮތުން، ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ގެ ކޮއްކޯފުޅު ވަކީލު ނާޒިމް އަބްދުއްސައްތާރުގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގިކަން، އަމިއްލަ އިއުތިރާފުން ސާބިތުވުމުން ، އެ މައްސަލާގައި ހުކުމް ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑު އެހުމުގައި އަދަބެއްގެ ގޮތުން، 03 މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ވަނީ ހުކުމްކޮށްފައެވެ.

މިފަދަ ބޮޑު ކުށެއް އަމިއްލަ އިއުތިރާފުން ސާބިތުވުމާއި އެކުވެސް ލުއި އަދަބެއް ނާޒިމްގެ މައްޗަށް ކުރެވުމުން އެތައްބަޔަކު އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: