ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެއިން ގޯތި ވިއްކުމުގެ މުއްދަތު އިތުރުކޮށްފި

ހުޅުމާލެ ފޭސް ދޭއް ބްރިޖު / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ބީލަމު އުސޫލުން ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތަކަށް އެދި ހުށައެޅުމަށް ހުޅުވާލި މުއްދަތު ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ވަނީ ހުޅުމާލެއިން ބީލަމުގެ އުސޫލުން ގޯތި ގަނުމަށް އެދި ފޯމު ހުށައެޅުމަށް ކަނޑައަޅާފައިވާ މުއްދަތައް ބަދަލު ގެނެސްފައިވާކަމަށެވެ.

އެގޮތުން މީގެ ކުރިން ބީޗް ސައިޑުން ގޯތި ގަތުމަށް ބީލަން ފޯމު ހުށަހަޅަން ޖެހެނީ އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. ނަމަވެސް މިހާރު މި މުއްދަތު ވަނީ އެ މަހުގެ 6 ދުވަހުގެ 11:00 އާއި ހަމައަށް އިތުރު ކޮށްފައެވެ. އަދި ބީޗް ފުރަންޓަށް ބީލަން ހުށައެޅެނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުގެ ހެދުނު 9:00 އަކުން 11:00 އަށެވެ.

ބީލަމު އުސޫލުން ވިއްކުމަށް ހަމަޖެހިފައިވަނީ 77 ގޯތިކަމުގައިވާއިރު، ފުރަތަމަ މި ފުރުސަތު އެޗިޑީސީން ހުޅުވާލާފައިވަނީ ފާއިތުވެ ދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ.

ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދަން ބޭނުންފުޅުވާނަމަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ 3:30 އާއި ޖެހެންދެން އެޗްޑީސީން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އެ ކޯޕަރޭޝަންގެ ނަންބަރު ނުވަތަ މެއިލްއަށް ކުރައްވައިގެން މައުލޫމާތު ސާފުކުރެވޭނެކަމަށް ކުންފުނިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: