ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީއެއްގެ މޫނަށް ދަގަނޑެއް ހެރި، ފަރުވާ ދެނީ!

އިމާރާތެއްގެ މަސައްކަތް ކުރުމުގައި ބިދޭސީއަކު އެއްވެސް ސޭފްޓީއެއް ނެތި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހެންވޭރުގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ދަގަނޑެއް ވެއްޓި ޒަޚަމްވި މީހާއަށް އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މީޑީއާއަށް މައުލޫމާތުދެމުން ބުނެފައިވަނީ، އިމާރާތެއްގެ މައްޗަށް ދަގަނޑުތަކެއް އަރުވަނިކޮށް، އެތަނުން ދަނގަޑެއް ވެއްޓި މީހެއްގެ މޫނަށް ހެރިފައިވާކަމަށާއި އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 11:30 ހާއިރުކަމަށެވެ.

މީގެ އިތުރުން މި ހާދިސާގައި ޒަޚަމްވެފައިވަނީ ބިދޭސީ ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެމީހާއަށް މިވަގުތު އޭޑީކޭގައި ފަރުވާދެމުންދާކަމަށްވެސް ފުލުހުން ވަނީ ހާމަކޯށްފައެވެ.

އަދި މި ހާދިސާއާއި ގުޅިގެން އިތުރަށް ބަކަންޖެހޭ ކަންކަން ފުލުހުންދަނީ ބަލައި ތަހުޤީގުކުރަމުންނެވެ.

އިމާރާތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި، މަސައްކަތްތައް ކުރުމުގެ ސަބަބުން ބޮޑެތި ހާދިސާތަކެއް ހިނގާފައި ވެއެވެ. އަދި އެފަދަ މައްސަލަތަކާއި އެކު، ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކުންފުނިތަކުން ސޭފްޓީ އިކުއިޕްމަންޓުތައް ދިނުން ލާޒިމް ކުރުމަށް މަސައްކަތްތައް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: