ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިލާފު އުފެދޭ ކަންކަމުގައި ދީނީ ލަފާ ފޯރުކުރުން ސަރުކާރެއްގެ މައްޗަށް ލާޒިމު: އާދަމް ޝަރީފް

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެއްލައްވާފައިވާ ގޮތުގެމަތިން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލާފައިނުވާކަމާއިމެދު ކަންބޮޑުވެލައްވާކަމަށް މަދުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިންގިރޭސިވިލާތުގެ ރާނީ އެލިޒަބަތު އަވަހާރަވުމާއި އެ ކަމަނާގެ ޖަނާޒާގައި ބައިވެރިވުމަށް ރައީސް ސާލިހު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވުމުން އައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުން އިސްލާމް ދީނުގައި މަނާކުރެވިފައިވާކަމަށް ބުނެ ރައްޔިތުންގެ ތެރޭގައި ވާހަކަތައް ފެތުރިފައިވަނިކޮށް، ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒުވަނީ އެ ވާހަކަތައް ސައްހަ ނޫންކަމަށް ސިފަކުރައްވާފައެވެ.

އިޔާޒު ވިދާޅުވެފައިވާގޮތުން އައިރު މުސްލިމު މައްޔިތެއްގެ މައްޗަށް ހެޔޮ ދުއާ ކުރުމަކީ އިސްލާމް ދީނުގައި ހަރާމް ކުރެވިފައިވާ ކަމެއް ކަމަށް އެންމެހާ ދީނީ އިލްމުވެރިންވެސް އިއްތިފާގުވާއިރު، އަފަދަ މައްޔިތެއްގެ ޖަނާޒާގައި ބައިވެރިވުން ކަނޑައެޅިގެން މަނާ ކުރެވިފައިވާ ސާބިތުވާ ދަލީލެއް ފެންނަން ނެތެވެ. އަދި ބައިވެރިވެވިދާނެ ހާލަތްތައް ހުރިކަމަށްވެސް ޑރ އިޔާޒްވަނީ ވިދާޅުވެފައެވެ.

އިޔާޒް ވިދާޅުވި ވިދާޅުވުންތަކަށް އިޝާރާތްކުރައްވާ، އާދަމް ޝަރީފްވަނީ ރާއްޖޭގެ ދީނީ ގޮތުން ހިލާފު އުފެދޭ ބޮޑެތި މައްސަލަތައް ދިރާސާ ނުކުރެވޭކަމަށް ފާހަގަކުރައްވާފައެވެ. އަދި އެފަދަ ކަންކަން ދިރާސާކޮށް އެކަމުގައި ބޭނުންވާ ދީނީ ލަފާތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ގާނޫނީގޮތުން ސަރުކާރުގެ މައްޗަށް ލާޒިމު ކުރާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފްވަނީ ގާނޫނުގައި ދީނީ ގޮތުން ހިލާފު އުފެދޭ ކަންކަމުގައި ލަފާތައް ފޯރުވައިދިނުން ސަރުކާރެއްގެ މައްޗަށް ލާޒިމުކޮށްފައިވާނަމަވެސް، އެކަން ކުރުމަށް  ބޭނުންވާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލާފައިނުވާކަމަށާއި، އެކަމާ އެނާ އިންތިހާއަށް ކަންބޮޑުވާކަމަށް ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: