ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ކޮމިޓީއަށް ލަހުން ހާޒިރުވެވުނީ މައްސަރުކަންތައް ލައިގަނެގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އާއި، ތަނުގެ ދަށުން ހިންގާ އޮތޯރިޓީތަކުގެ އަހަރީ ރިޕޯޓާއި ބެހޭ މަޝްވަރާތަކަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރު ނުވާކަމަށް ނިންމައި ”އަމުރެއް ނެރެގެން ވިޔަސް“ މިނިސްޓަރު ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމާފައިވަނިކޮށް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މިނިސްޓަރު ނަހުލާ ވަނީ ހާޒިރުވެފައެވެ.
މިއަދުގެ ބައްދަލުވުމުގައި ވާޙަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ، ވޭތުވެ ދިޔަ ހަފްތާގައި މަޖިލީހަށް ހާޒިރުވާން އެންގުމުން، ދިމާވި ހާލަތަކާއި ގުޅިގެން ކުޑަކޮށް ލަސްވެދާނެ ވާހަކަ ވިދާޅުވެފައިވާނެކަމަށާއި ލަހުން ހާޒިރުވެވުނީތީ މަޢާފަށް އެދޭކަމަށްވެސް ވިދާޅުވެފައެވެ.
“މިދިޔަ ހަފްތާގައި އަޅުގަނޑަށް މަޖިލީހަށް ހާޒިރުޥާން އެންގުމުން ވިދާޅުވިން ދިމާވި ހާލަތަކާއި ގުޅިގެން ކުޑަކޯށް ލަސްވެދާނެކަމަށް. ކުޑަކޮށް ނަމަބެސް އަޅޫގަނޑަށް ލަހުން ހާޒިރުވެވުނީތީ ނިހާޔަތައް ހުރިހާ އިއްޒަތްތެރި މެނަބރުންގެ ކިބައިން މައާފަށް އެދެން. “ ނަހުލާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ ވަޒީރެއްގެ ކުރިން އެއީ އިންސާނެއްކަމަށާއި، އަންހެނަކަށް ވީތީ ދިމާވާނެ ހާލަތްތައް އޮވެދާނެކަމަށާއި، އަންހެނުންނަކީ ކޮންމެ މަހަކު މައްސަރުކަންތައް ލައިގަނެގެން އެފަދަ ގޮތެއް ދިމާވެދާނެކަމަށާއި ކޮމިތީއަށް ހާޒިރުނުވީ އިޚްތިރާމްކުޑަކުރުމުގެ ގޮތުން ނޫންކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
“މި ކޮމިޓީގައި ތިއްބަވަނީ ހުސް ފިރިހެން ބޭފުޅުން ، އެހެންވީމަ، އަޅުގަނޑު ގަޑިއަށް ހާޒިރުވާއިރު ، ވަޒީރެއްގެ ކުރިން އަޅުގަނޑަކީ އިންސާނަކަށްވީތީ، އަންހެނަކަށްވީތީ ދިމާވާނެ ހާލަތެއް އޮވެދާނެ. އެގޮތުން އަންހެނުންނަކީ ކޮންމެ މަހަކު އެއްފަހަރު މައްސަރު ކަން ލައިގަންނަ ބައެއް ވީމަ. އަޅުގަނޑު އެއްވެސް ގޮތަކަށް އިޚްތިރާމް ކުޑަކުރަން ނައީނޫންކަން ދަންނަވާލަން. “ ނަހުލާ ވިދާޅުވިއެވެ.
އަދި މި ވާޙަކަތައް މިގޮތައް ކޮމިޓީގައި ދައްކަންޖެހުނީ ، ކޮމިޓީތެރޭގައި މިނިސްޓަރު ހާޒިރުނުވެގެން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަން އެނގިގެންކަމަށްވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާގެ ވާޙަކަފުޅަށްފަހު ވާޙަކަ ދައްވަމުން ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ ވިދާޅުވީ މިނިސްޓަރު މަޢާފަށް އެދުމަކީ ވަރަށްވެސް ރަނގަޅުކަމެއްކަމަށާއި، މަޖިލީހުގެ މަސައްކަތްތަކާއި ކޮމިޓީތައް ކުރިއަށްމިދަނީ ވަރަށް ފްލެކްސިބަލްކޮށް ކަމަށްވެސް މެންބަރު ވަނީ ފާހަގަކޮށްފައެވެ.
“ވަރަށް ފްލެކްސިބަލްކޮށް އަސްލުގަ މަޖިލީހުގެ މަސައްކަތްތަކުގައިވެސް މި ގެންގުޅެނީ. އަދި ވަޒީރަކަށް ވަޑައިނުގެންނެވޭނަމަ، އަޅުގަނޑުމެންނަށް އިޝާރާތް ކުރައްވަވާފައި ކޮމިޓީއަށް އެކަންކަން ހިއްސާކޮށްފައިވާނަމަ، އެކަންކަމަށްވެސް އިޢާޔަތްކުރައްވާ. ދެން ތި ދެންނެވި ދުވަހު އަޅުގަނޑުމެން ކޮމިޓީ ކުދިންނަށް ތިކަން ސާފުވެފައެއް ނެތް. މިނިސްޓްރީގެ ބޭފުޅަކަށް ކަންނޭނގެ ދަންނަވާލެވުނީ“ މެނަބަރު ވިދާޅުވިއެވެ.
މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރު ނުވާކަމަށް ނިންމައި ”އަމުރެއް ނެރެގެން ވިޔަސް“ ކޮމިޓީއށް ހާޒިރުކުރުމަށް ނިންމާފައިވިއަސް އަމުރެއް ނެރެފައެއް ނުވެއެވެ.
ކޮމިޓީ ބައްދަލުވުންތައް ތާވަލު ކުރުމުން، ހާޒިރުވާން ޖެހޭ އިދާރާތްތައް ހާޒިރު ނުވެގެން މީގެ ކުރިން ވެސް ބައްދަލުވުންތައް ކެންސަލްކޮށްފައި އެބަހުއްޓެވެ. އަދި ބައެއް ހާލަތްތަކުގައި އެބޭފުޅުން ހާޒިރުވާން އަންގައި އަމުރު ނެރުނުކަން ފާހަގަކުރެވެ އެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި ކޮމިޓީގެ ބައްދަލުވުމަށް އޭރު ހެލްތް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިއަކަށް ހުންނެވި އަހްމަދު އަސްލަމާއި ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި ނިޝާމާ މުހައްމަދު ކޮމިޓީއަށް ހާޒިރުވާން އަންގައި އަމުރެއް ނެރުނެވެ.
މީގެއިތުރުން މަޖިލީހުގެ ބައެއް ޖަލްސާތަކުގައި، ވަޒީރުންނާއި ކުރާ ސުވާލުތަކާއި ގުޅުވައި ރައީސް މުހައްމަދު ނަޝީދު ވެސް ބައެއް އެންގެވުންތައް އަންގަވާފައި ވެއެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކާއި ބެހޭ ބައްދަލުވުންތަކަށް ލިޔުން ފޮނުވުން ހާޒިރު ވާން ޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.


2 Responses
ވީމާ ތިފަދަ މަގާމްތަކަށް ފިރިހެން ބޭފުޅުން ހަމަޖެއްސުން ރަނގަޅުވާނެ
މީ ހއ ބެންކޮކް ނަހުލާޔަކީ