އއ އާއި އަދ އަތޮޅުގައި ސްޓެލްކޯ އިން ހިދުމަތްދޭ 14 ރަށެއްގެ މަގު ބައްތިތައް ބަލަހައްޓާ އެ ބައްތިތައް މަރާމާތު ކުރުމުގެ މަސައްކަތާއި އެކުންފުނިން ހަވާލުުވެއްޖެއެވެ.
މިއަދު ސްޓެލްކޯގައި ބޭއްވި ރައްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން މަގުބައްތިތަކާއި ބެހޭ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ އެކި ޑިޕާޓްމެންޓް ތަކުގެ ޖެނެރަލް މެނޭޖަރުންނެވެ. އަދި ރަށްތަކުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވި ރަށްތަކުގެ ކައުންސިލް ރައީސުންނާއި ކައުންސިލް މެމްބަރުންނެވެ.
މިއަދު ސްޓެލްކޯގެ ފަރާތުން މަގު ބައްތިތައް ބެލެހެއްޓުމާއި ހަވާލްވެފައިވާ ރަށްތަކަކީ އއ ބޮޑުފުޅަދޫ، އއ މަތިވެރި، އއ ފެރިދޫ އއ މާޅޮސް އއ ފެރިދޫ އއ ހިމަންދޫ އދ އޮމަދޫ އދ ހަންޏާމީދޫ އދ ކުނބުރުދޫ އދ މަހިބަދޫ އދ މަންދޫ އދ ދަނގެތި އދ ދިއްދޫގެ އިތުރުން އދ ދިގުރަށާއި އދ ފެންފުއްޓެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެކުންފުނިން މި މަސައްކަތް ކުރުމާއި ހަވާލުވަނީ ހަމައެކި ނަމެއްގައި ނޫން ކަމަށާއި، އެކުންފުނީގައި މި މަސައްކަތް ކުރުމުގެ ކުޅަދާނަކަން އެބަހުރިކަމަށެވެ. އަދި މީގެ ފަހުން އެ މަގުބައްތި ތައް ދިއްލިފައި ހުންނާނެ ކަމަށާއި ދަބަރު ޖަހާފައި ހުރި ބައްތިއެއް ހޮޅިދަނޑިއެއް ދެން ނުފެންނާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ އަންނަ މަސް ނިމުމުގެ ކުރިން ވ އަތޮޅާއި ކ އަތޮޅުގެ މަގުބައްތި ތައް ބެލެހެއްޓުމާއި ސްޓެލްކޯ އިން ހަވާލުވެ އެމަސައްކަތް ފަށާނެ ކަމަށެވެ.

