ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ވިނަރެސް ފްލެޓުތައް ހަވާލު ކުރާނެ: އެޗްޑީސީ

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ވިނަރެސް ފްލެޓުތައް ހައްގުވެރިންނާއި ހަވާލު ކުރާނެކަމަށް އެޗްޑީސީއިން ބުނެފިއެވެ.

ވިނަރެސް ފްލެޓުތަކާއި ބޭހޭގޮތުން އެޗްޑީސީއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުގައި ބުނާގޮތުން، މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ގޮތުގައި އެ ކުންފުނިން ތަރައްގީކުރަމުން އަންނަ ވިނަރެސް ފްލެޓުތަކަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް ހިންގަމުންދާ މަޝްރޫޢެކެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން ވިނަރެސް ފްލެޓުތަކުގެ ގޮތުގައި 10 ޓަވަރު އިމާރާތްކުރާއިރު، ޖުމުލަކޮށް 1344 އެޕާޓުމެންޓު ބިނާކުރެވިގެންދާނެއެވެ. މި އެޕާޓުމެންޓުތައް 908 އަދި 883 އަކަފޫޓު ހުންނަ ދެ ޓައިޕަކަށް ބެހިފައިވާއިރު، ކޮންމެ އެޕާޓުމެންޓެއްގައިވެސް ތިން ކޮޓަރި އަދި ތިން ފާހަނަ ހުންނާނެކަމަށް އެޗްޑީސީއިންވަނީ ބުނެފައެވެ.

ވިނަރެސް ފްލެޓުތަކުގެ ހައްގުވެރިއަކަށްވުމަށް ހުޅުވާލެވިފައިވާ ފުރުސަތު ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހަށް ހަމަވެފައިވާއިރު، ޖުމުލަކޮށް 1413 ފަރުދެއްވަނީ މި އެޕާޓުމެންޓުތަކަށް ކުރިމަތިލާފައިކަމަށް އެޗްޑީސީން ބުނެފައިވެއެވެ. ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ނިންމާނީ ހައުސިންގް މިނިސްޓްރީއިންނެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ވިނަރެސް ފްލެޓުގެ ގްރައުންޑު އަދި ފުރަތަމަ ފްލޯރ ދެނީ ކޮމާޝަލް ޔުނިޓުތަކެއްގެ ގޮތުގައެވެ. އެގޮތުން ކޮންވީނިއެންޓު ޝޮޕުތަކާއި، މަހުގެ ބާވަތްތައް ވިއްކާ ފިހާރަތަކާއި، ޕާމަސީ އަދި ކްލިނިކު ފަދަ ތަންތަން ހިމެނޭކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: