ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ތައުލީމު ފޯރުކޮށް ދިނުމުގައި އަމިއްލަ ކޮލެޖުތަކަށް ސަރުކާރުން އެހީވާނެ: ފައިސަލް

ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްޙީ ޚިދުމަތްތަކާއި މަތީ ތަޢުލީމު ފަދަ ޚިދުމަތްތައް ފުޅާކޮށް ފޯރުކޮށްދިނުމަށްޓަކައި އަމިއްލަ ފަރާތްތަކުން ކުރައްވާ މަސައްކަތްތައް ފަސޭހަކޮށްދެއްވުމަށް، ސަރުކާރަށް ކޮށްދެއްވެން އޮތް ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވިލާކޮލެޖްގެ ކިއު.އައި ކެމްޕަހުގައި ރޭ ބޭއްވި އެކޮލެޖްގެ  ސްޓުޑެންޓްސް އެޗީވްމަންޓް އެވޯޑްސް  ޙަފްލާ ޝަރަވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގައި އަމިއްލަ ފަރާތްތަކުން އެންމެ ފުރަތަމަ ޚިދުމަތްތައް ދޭންފެށީ ދަތި އުނދަގޫތަކާއި، ގޮންޖެހުންތަކާއި އެކުގައިކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި، ފާއިތުވި 15 އަހަރުގެ ތެރޭގައި ވިލާކޮލެޖުން މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތްތަކުގެ މައްޗަށް ބައްލަވާ ލައްވައި ޝުކުރު އަދާކުރެއްވިއެވެ.

ދެވޭ ތަޢުލީމާ ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މިހާރު މަސައްކަތް ކުރަންޖެހިފައިވާ ކަމަށާއި އަދި ކުރިން ރާއްޖޭގައި ހިންގިފައި ނުވާފަދަ އެތައް މަޝްރޫއުތަކެއް މިހާރު ހިނގަމުންދާއިރު، އެދާއިރާތަކުން ތަމްރީންވެފައިވާ ދިވެހި ޒުވާނުން މިހާރު ބޭނުންވެފައިވާ ކަމުގައިވެސް ފައިސަލް ވިދާޅުވިއެވެ. އަދި އެންމެ މުހިއްމު ދާއިރާތަކުން މީހުން ބިނާކުރުމަށް، މަތީ ތަޢުލީމް ފޯރުކޮށްދޭ މުއައްސަސާތަކާއި ސަރުކާރާއި އަދި ކުންފުނިތައް ގުޅިގެން މަސައްކަތް ކުރެއްވުމުގެ މުހިއްމުކަންވެސް ނައިބުރައީސް ފާހަގަކުރެއްވިއެވެ.

މިހަފްލާގައި، ވިލާކޮލެޖުން ދެމުން އަންނަ، ޤާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސަލެންސް ލިބުނު 11 ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ، ނައިބު ރައީސްއެވެ. ވިލާ ކޮލެޖުގެ ސްޓުޑެންޓްސް އެޗީވްމަންޓް އެވޯޑްސް ޙަފްލާ އެންމެ ފުރަތަމަ ބޭއްވީ 2021 ވަނަ އަހަރުގައެވެ.

މިއީ މިއެވޯޑު ޙަފްލާ ބޭއްވި ދެވަނަ އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: