ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަތްދޮޅި ދުއްވާލައިގެން ވެސް މިތިބީ ޔާމިނަށް ވެރިކަން ހޯދައިދޭން: އާދަމް ޝަރީފު

ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދަތްދޮޅި ދުއްވާލައިގެންވެސް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް ވެރިކަން އަލުން ހޯދާއިދޭން ތިބި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި  އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުކުރަން އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ޕާޓީގެ ލީޑަރޝިޕް އެއްކޮން ތިބީ އެއްވެސް ކަމަކަށް މާޔޫސްވެފައި ނޫން ކަމަށާއި ރައީސް ޔާމީން ބަލިކުރެވޭނެ މީހަކު ނެތް ކަމަަށެވެ.

“އަޅުގަނޑުމެން މި ތިބީ ދުއްވާލަން ޖެހުނު އެއްޗެއް، އެއީ ދަތްދޮޅިކަމަށްވިއަސް އެހެން އެއްޗެއް ކަމަށްވިއަސް ދުއްވައިލައިގެން ވެރިކަން މި ޕާޓީގެ ރައީސް ޔާމިނަށް ހޯދާދޭން ކުރަން ޖެހޭ ކޮންމެފަދަ މަސައްކަތެއް ކުރަން. އާދަމް ޝަރީފު

ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހަމަނުޖެހުން ހިނގުމުން މަޖިލީހުގެ ޖަލްސާއަށް ފަހު މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕު (އެސްޕީޖީ) އޮފިސަރުންނާ ބައްދަލުކުރައްވައި އޭރު ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އާދަމް ޝަރީފު ދެއްވެކި ވާހަކައިގައި އޭނާއަށް ވުރެ ސިފައިންގެ ކެތްތެރިކަން ބޮޑުވާނެ ކަމަށާއި ޖަލްސާގައި މެމްބަރުންނާއި ސެކިއުރިޓީ އޮފިސަރުންނާމެދު ހަމަނުޖެހުން ހިނގިއިރު، އޭނާ މަޖިލީހުގެ އިދާރާގައި ހުންނެވިނަމަ ކޮންމެވެސް މީހެއްގެ ދަތްދޮޅި ދުއްވާލީމުސް ކަމަށް ވިދާޅުވިއެވެ.

އާދަމް ޝަރީފް އެހެން ވިދާޅުވި ބައްދަލުވުމުގެ އޯޑިއޯ ފަހުން ލީކްވުމުން ދަތްދޮޅި ދުއްވާލުމާއި އާދަމް ޝަރީފާއި ގުޅުވައި  އޭރު އިދިކޮޅުގައި ތިބި އެމްޑީޕީ އިން ދޭތެރެއިން ފުރައްސާރަކުރިއެވެ.

އާދަމް ޝަރީފް ރޭ ވިދާޅުވީ ގައުމުގެ ހާލަތު އޮތީ ވަރަށް ދަށަށް ގޮސްފި ކަމަށާއި އެމްޑީޕީން އުޅެނީ އެ ޕާޓީގެ ޓިކެޓް ދޭނެ ބަޔަކު ނޭނގިގެން ކަމަށެވެ. އެހެންވެ އެމްޑީޕީ އޮތީ އެކަމާ ދެބައިވެފައި ކަމަށާއި ނަތީޖާއެެއް ގޮތުން އެމްޑީޕީ އެތެރޭގެ ދިހަ ޕަސަންޓްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތިންގެ މަޖިލީހުގައި ވެސް ޕީޕީއެމްއާ ގުޅިވަޑައިގަންވާނެ ބޭފުޅުން އެބަ ތިބި ކަމަށާއި އިންތިޒާރު ކުރައްވަނީ އެ ދުވަހަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ ގޮތްތަކާއި ކައިރި ހިސާބުތަކުން އައިސްލިބޭނެ ގޮތް ހަމަޖެއްސެވި ކަމަށެވެ. ނަމަވެސް ކަމެއް ކުރަން ނޭނގޭ ބަޔަކު ވެރިކަމަށް އައުމުން އެ ހުރިހާ އައިސްޕްލާންޓްތައްވެސް ހަލާކުވެގެން ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޢެއްވެސް އެއްޗެއް ދުއްވާކަށް ފުރުސަތެއް ނުދީ މި ފަހަރުވެސް ވެރިކަން ކާމިޔާބު ކުރާނީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ހެޔޮ ރަޙުމަތާއި މަދަދާއިއެކު އެމް ޑީ ޕީ ކެންޑިޑޭޓު އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: