ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސަތު ތަންފީޒްކުރުމުގައި ސައުދީ އަކީ ނަމޫނާއެއް: ފައިސަލް

ނައިބު ރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީގެ ކަންކަން ހާސިލްކުރުމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސައުދީ އަރަބިއްޔާ އަކީ ނަމޫނާ ގައުމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ 92 ވަނަ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ކުރުނބާގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ނައިބު ރައީސް ވަނީ ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެކުލަވާލެއްވި ވިޝަން 2030 މަގުޗާޓަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ.

”މިއީ ދުރުވިސްނޭ ގާބިލު ލީޑަރެއްގެ ވިސްނުންފުޅާއި އަދި މަސައްކަތްތެރި ހީވާގި ރައްޔިތުންގެ މަސައްކަތާއެކު ސައުދީ އަރަބިއްޔާއަށް ހާސިލުކުރެވޭ ކަންތައްތައް. ފައިސަލް ނަސީމް

ފައިސަލް ވިދާޅުވިގޮތުގައި މިޝަން 2030 އިއުލާންކުރިފަހުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސައުދީ ރައްޔިތުންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށާއި ގައުމުގެ އިގްތިސާދު އެކި ދާއިރާތަކަށް ފުޅާކުރުމަށް ކަނޑައަޅާފައިވާ އަމާޒުތަކަށް މަސައްކަތް ކޮށް ފާހަގަކޮށްލެވޭ މުހިއްމު ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ.

ފައިސަލް ވިދާޅުވީ ރާއްޖެއާ ސައުދީ އަރަބިއްޔާގެ ގުޅުމަކީ ޒަމާންވީ މާތް ގުޅުމެއް ކަމަށާއި ދެ ގައުމގެ މި ގުޅުން ބިނާވެފައިވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމާއި ދެމުންދާ އެއްބާރުލުމާ އަދި ދެ ގައުމުން ހިއްސާ ކުރާ އެއްގޮތް އުސޫލުތަކުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުގެ ހައްޖުގއ އަޅުކަން އަދާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ ސަރުކާރުން އެމަނިކުފާނަށް އަދާކުރެއްވި މެހުމާންދާރީއާ ބެހެއްޓެވި ގާތްކަމާއި ދިވެހި ހައްޖާޖީންނަށް ދިން އަހައްމިއްޔަތު ކަމަކީ ދެގައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށް ވިދާޅުވިއެވެ.

ފައިސަލްގެ ވާހަކައިގައި ސައުދީ ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ދީފައިވާ ދީލަތިއެހީތަކާއި ފަހިކޮށްދީފައިވާ ފުރުސަތުތައް ދިވެހި ސިަރުކާރާއި ރައްޔިތުން ބަލައިގަންނަ ކަމަށާއި އަދި ސައުދީ ފަންޑަކީ ރަާއްޖޭގެ ތަރައްގީގެ މުހިއްމު މަޝްރޫއުތަކުގެ މުހިއްމު ބައިވެރިއެއްކަން ވެސް ފާޙަގަކުރެއްވިއެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: