ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންކަރެއް ބުރުގާ ނޭޅި މައްސަލައިގައި އީރާނުގެ ރައީސް އިންޓަވިއު ދޭން ދެކޮޅުހަދައިފި

އިރާނުގެ ރައީސް އިބްރާހިމް ރައީސީ އަދި ސީއެންއެންގެ އެންކަރު ކްރިސްޓިއާން އަމަންޕޫރ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަރވިއު ކުރަން އިން މީހާ ބުރުގާ ނާޅައިގެން އިރާނުގެ ރައީސް އިބްރާހިމް ރައީސީ އިންޓަރވިއު ދިނުމަށް ދެކޮޅު ހަދައިފިއެވެ.

އިރާންގެ ރައީސް ސީއެންއެންއަށް ދިނުމަށް ހަމަޖެހިފައިވާ މި އިންޓަރވިއުއަކީ ގިނަ ދުވަސްތަކެއް ކުރިން އިންތިޒާމު ކުރެވި ތާވަލު ކުރެވިފައިވާ މަސައްކަތެކެވެ. އިރާނުގެ ރައީސް ދެކޮޅު ހެދާފައިވަނީ، އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވާ ސީއެންއެންގެ ޗީވް އިންޓަރނޭޝަނަލް އެންކަރ ކްރިސްޓިއާން އަމަންޕޫރ ގާތުގައި ބުރުގާ އެޅުމަށް އެދުމުން އެނާ އެކަމަށް އިޖާބަ ދީފައިނުވާތީއެވެ.

ސީއެންއެންގެ އެންކަރ ބުރުގާ ނޭޅި މައްސަލައިގައި އިރާނުގެ ރައީސް އިންޓަރވިއު ދިނުމަށް ދެކޮޅު ހަދާފައިވާއިރު، އެކަށީގެންވާ ނުވާ ގޮތަކަށް ބުރުގާ އަޅާފައި ހުރިކަމަށް ބުނެ، އިރާނުގެ 22 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވަނިކޮށް އެނާ މަރުވުމާއި އެކު އެ ގައުމުގައި ދަނީ ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ.

ސީއެންއެންއިން ރިޕޯޓުކޮށްފައިވާގޮތުން އަމަންޕޫރ ގާތުގައި އިރާނުގެ ރައީސްގެ އެދުމުގެ ވާހަކަ ދައްކާފައިވަނީ އެނާގެ އެހީތެރިއެކެވެ. އަދި ބުރުގާ އެޅުމަށް އެދިފައިވާކަމަށް ބުނުމުން އެނާވަނީ އެކަމަށް އިހުތިރާމާއި އެކު ދެކޮޅު ހަދާފައެވެ.

އަމަންޕޫރއަކީ އިރާނުގައި ދިރުއުޅެ ބޮޑުވެފައިވާ މީހެއްކަމަށްވުމުން އެނާއަށް ފާރިސީ ބަސް ރަނގަޅަށް އިނގެއެވެ. އެހެކަމުން އެ ގައުމުގައި ހުރެ ރިޕޯޓުތައް ހަދާއިރު، އެނާ ހުންނަނީ ގައުމުގެ ގަވާއިދުތަކާއި އެއް ގޮތްވާ ގޮތުގެ މަތިން ބުރުގާ އަޅައިގެންނެވެ. އެހެން ނަމަވެސް އެނާ ބުނެފައިވާގޮތުން ބޭރު ގައުމެއްގައި ހުންނައިރު، ބުރުގާ އެޅުމަށް މަޖުބޫރު ކުރެވިފައިނުވާތީ އެނާވަނީ އިންޓަރވިއުގެ ތެރޭގައި ބުރުގާއެއް އަޅައިގެން އިނުމަށް ދެކޮޅު ހަދާފައިކަމަށެވެ.

އަމަންޕޫރ ބުނެފައިވާގޮތުން 1995 ވަނަ އަހަރުން ފެށިގެން އެނާވަނީ އިރާނުގެ ހުރިހާ ވެރިންނާއިވެސް އިންޓަރވިއުކޮށްފައެވެ. އެހެން ނަމަވެސް އިރާނުން ބޭރުގައި ކުރާ އެއްވެސް އިންޓަރވިއުއެއްގައި އެނާ ގާތުގައި ބުރުގާ އެޅުމަށް ބުނެފައިނުވާކަމަށް އެނާ ފާާހަގަކުރިއެވެ.

އިރާނުގެ ގާނޫނު ބުނާގޮތުން އެ ގައުމުގައި ތިބޭ ހުރިހާ އަންހެނުންވެސް ބުރުގާ އަޅަންޖެހެއެވެ. އަދި ހެދުންވެސް އަޅަންޖެހެނީ ގަޔަށް ބާރު ނުވާ ގޮތަކަށެވެ. މި ގާނޫނުތައް ތަންފީޒު ކުރެވެންފެށިފައިވަނީ 1979 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އެގައުމަށް އަންނަ އަންހެން ފަތުރުވެރިންނާއި ނޫސްވެރިންގެ އިތުރުން ސިޔާސީ އިސްވެރިންވެސް ބުރުގާ އަޅަންޖެހެއެވެ.

އެންކަރެއް ބުރުގާ ނޭޅި މައްސަލައިގައި އިރާނުގެ ރައީސް އިންޓަރވިއު ދިނުމަށް ދެކޮޅު ހަދާފައިވާއިރު، މަހްސާ އަމީނީ ކިޔާ 22 އަހަރުގެ އަންހެނެއްގެ މަރުގެ މައްސަލައިގައި މުޅި އިރާންވަނީ ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިފައެވެ.

މަހްސާ އަމީނީ ހައްޔަރުކޮށްފައިވަނީ އިރާނުގެ ”މޯރާލިޓީ“ ފުލުހުންނެވެ. އަދި އެނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ބުރުގާ އެޅުމުގެ ގާނޫނާއި ހިލާފުވެފައިވާކަމެވެ. އަދި ހައްޔަރުގައި ހުއްޓާ އެނާއަށް ހާޓް އެޓޭކެއް ޖެހިގެން މަރުވެފައިވާކަމަށް ބުނުމާއި އެކު އާއިލާއިންވަނީ އެނާގެ އެފަދަ މައްސަލައެއް ނުހުންނަކަމަށް ބުނެ ހަގީގަތް ހާމަކުރުމަށް ގޮވާލާފައެވެ.

މަހްސާ އަމީނީގެ މަރާއި ގުޅިގެން އިރާނުގައި ބޮޑެތި މުޒާހަރާތައް ކޮށް، ބުރުގާ އެންދުންފަދަ މަސައްކަތްތައް ކުރިއަށްދެއެވެ. މި މުޒާހަރާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މަރުވެފައިވާކަމަށް އެކި ފަރާތްތަކުން ރިޕޯޓުކޮށްފައިވާއިރު، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ގިނަ އަދަދެއްގެ އިރާން ރައްޔިތުންދަނީ ބުރުގާ އެޅުން މަޖުބޫރުކޮށްފައި އޮތުން ބަލައިނުގަންނަކަމަށް ބުނަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: