ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅު ތެރޭގެ ބޯހިމެނުމުގެ 99 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޯހިމަނާ މަންޒަރު ފެންނަ ފޮޓީއެއް.
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުތެރޭގެ ރަށްތަކުގައި ބޯހިމެނުމުގެ 99 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓިޓިސްޓިކްސްއިން ބުނެފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ސްޓެޓިސްޓިކަލް އޮފިސަރު ހުދާ ޙަލީމް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ މައުލޫމާތު އެއްކުރުމުގެ 99 އިންސައްތަ މަސައްކަތް މިހާރު ނިންމާލާފައިވާކަމަށެވެ.

އަތޮޅު ތެރޭގެ ރައްޔިތުންގެ މައުލޫމާތު އެއްކުރީ ޓެބްލެޓުތަކެއް ބޭނުންކޮށްގެންނެވެ. ދެން އޮންނާނީ އެ ޓެބްލެޓުތައް މާލެ ގެނެސް އެއްކުރެވިފައިވާ މައުލޫމާތު ޖަމާކުރުން ކަމަށްވެސް ހުދާ ވިދާޅުވިއެވެ.

މީގެ އިތުރުން،  ކާމިޔާބުކަމާއެކު އަތޮޅު ތެރޭގައި ބޯހިމެނުމުގެ މަސައްކަތް ނިންމައިލެވުނީ ކައުންސިލުތަކާއި އާންމުން ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމަށް ހުދާ ފާހަގަކުރެއްވިއެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި ބޯހިމެނުމުގައި މައުލޫމާތު އެއްކުރުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަނީ މާލެ ސަރަހައްދުންނެވެ.

ބޯހިމެނުމުގެ ލިސްޓިން މަސައްކަތް ސެޕްޓެންބަރު 13 ވަނަ ދުވަހާއި 14 ދުވަހުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

17 ސެޕްޓެންބަރުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ބޯހިމެނުމުގެ ތަފުސީލީ މައުލޫމާތު ނެގުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ކުރިން ބޯހިމެނުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ މުއްދަތަކީ މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް ބޯހިމެނުމުގެ މަސައްކަތުގެ މުއްދަތު އިތުރުކޮށްފައިވަނީ މާލެއިން ބޯހިމެނުމަށް މައުލޫމާތު ލިބުމަށް ދަތިވުމުގެ ސަބަބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: