ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް ރޭސިންގ އެސޯސިއޭޝަންގެ އައު ރައީސަކަށް އެއް ފައުންޑަރ އައިމަން!

ރޭސިން އެސޯސިއޭޝަންގެ ރައީސް އަލީ އައިމަން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މޮޓޯރ ރޭސިންގ އެސޯސިއޭޝަންގެ ފަސް ވަނަ ދައުރުގެ ރައީސަކަށް އެ އެސޯސިއޭޝަން 2008 ވަނަ އަހަރު ވުޖޫދުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ފައުންޑަރ އަލީ އައިމަން (ބެރާޑް) އިންތިހާބްކޮށްފިއެވެ. އަލީ އައިމަން އެމަގާމަށް އިންތިހާބްކޮށްފައިވަނީ ރޭ ބޭއްވި އެ އެސޯސިއޭޝަންގެ އިންތިހާބްގައި އެސޯސިއޭޝަންގެ މެމްބަރުންގެ ވޯޓާއެކު އިއްތިފާގުންނެވެ.

އައިމަން ރައީސަކަށް އިންތިހާބްކުރިއިރު ނައިބް ރައީސަކަށް އިންތިހާބްކޮށްފައިވަނީ އިސްމާއިލް އަގްލީމްއެވެ. މީގެއިތުރުން މޮޓޯރ ރޭސިންގގެ ހަޒާންދާރަކަށް އަހްމަދު ޝަހީދު، ސެކެޓްރީ ޖެނެރަލް އަކަށް ހުސައިން ސިމަން ހަސަން އަދި މާކެޓިންގ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އަދުހަމް ހަސަން އެވެ.

މޮޓޯ ރޭސިން އެސޯސިއޭޝަންގެ ބޯޑު/ ފޮޓޯ: ސަންގު

މޮޓޯ ރޭސިންގ އެސޯސިއޭޝަނަކީ ރާއްޖޭގައި ރޭސިންގއަށް ޝައުގު ހުންނަ ޒުވާނުން އިސްވެ އެންމެ ފުރަތަމަ އަދި އެންމެ ދުވަސްވީ ރޭސިންގ ޖަމިއްޔާއެވެ. ތަފާތު ގިނަ މުބާރާތްތައް ވޭތުވެދިޔަ އަހަރު ތަކުގައި ބާއްވާފައިވާއިރު އިންތިޒާމްކުރެވިގެން ރޭސިންގެ ހަރަކާތްތައް ކުރިއަށް ގެންދަނީ މިޖަމިއްޔާއިންނެވެ.

ރޭ މޯލްޑިވްސް މޮޓޯރ ރޭސިންގ އެސޯސިއޭޝަންގެ އައު ރައީސަކަށް އިންތިހާބްވި އަލީ އައިމަން މީޑިއާގައި ވިދާޅުވީ އަލަށް އިންތިހާބްވި ބޯޑާއެކު ރައިޑަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި ސަރުކާރާއި ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށްގެން ރޭސިންގެ ބައިވެރިންނަށް ރަނގަޅު މަގެއް ޙޯދުމަށް މަސައްކަތްކުރާނެކަމަށެވެ.

އައު ނައިބް ރައީސް އަގްލީމް ވިދާޅުވީ މިދައުރުގެ ބޯޑުން މަސައްކަތްކުރާނީ މޮޓޯ ރޭސިންގއަކީ މުޖްތަމައުގައި އިހްތިރާމްލިބިގެންވާ ކުޅިވަރަކަށް ހެދުމަށް ކަމަށެވެ. އިތުރު އެސޯސިއޭޝަންތައް އުފެދި ހަރަކާތްތެރިވަމުން އަންނައިރު މޯލްޑިވްސް މޮޓޯރ ރޭސިންގ އެސޯސިއޭޝަން އަކީ ރާއްޖޭގެ ރޭސިންގެ ފެށުންކަމަށާއި، އަހްލާގީ މިންގަނޑުން ބޭރުވެ ކަންތައްކުރުން އެއީ މިއެސޯސިއޭޝަންގެ ރޫހު ނޫންކަމަށާއި، ބޭނުންވަނީ ގުޅިގެން މިދާއިރާ ކުރިއަރުންވަން ކަމަށެވެ.

ވަރަށް ގަދަ
27%ވަރަށް ގަދަ 53%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 3%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: