ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތަކުގެ ގުުރުއަތުލުން ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ބުލޫ ރިޖް ދެ ޓަވަރުން މިހާތަނަށް ނުވިކިހުރި އެޕާޓްމެންޓްތަކުގެ ގުރުއަތުލުން ކުރިޔަށް ގެންގޮސްފި އެވެ.

މިހާތަނަށް ނުވިކި ހުރީ  2+1 ގެ 16 ޔުނިޓާއި 1 ބެޑްރޫމްގެ ޔުނިޓެއް ލިބިފައިވާ ފަރާތަކުން އެ ޔުނިޓް ދޫކޮށްލުމާއި ގުޅިގެން، ރޭ ގުރުއަތުލުން ނެގިއިރު 1 ބެޑްރޫމްގެ ޖުމްލަ 17 ޔުނިޓަށް ގުރުއަތުނަގާފައިވެއެވެ.

އެ ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 1 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވާ 75 ސްޓާފުން ތިބިއިރު 2+1 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވެފައިވަނީ 235 ސްޓާފުންނެވެ. ސްޓެލްކޯގެ ނުވިކި ހުރި ފްލެޓް ތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓެއް ސެޕްޓެމްބަރު މަހުގެ 25 ގައި ވަނީ ސާރކިއުލާރއަކުން ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އާއްމުކޮށް އަންގާފައެވެ.

ސްޓެލްކޯގެ ފްލެޓްތަކަށް ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ޝަރުތުހަމަވާ ހުރިހާ މުވައްޒަފުންނަށް ދައުވަތު ދީގެން އެ މުވައްޒަފެއް ނުވަތަ އެ މުވައްޒަފެއްގެ ބަދަލުގައި ކަނޑައެޅު ފަރާތަކުން ހާޒިރުވެ އެ މުވައްޒަފެއްގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު އަމިއްލައަށް ފޮއްޓަށް އަޅައިގެންނެވެެ.

އެކި ސަބަބުތަކާހުރެ ހާޒިރު ނުވެވުނު މުވައްޒަފުންގެ ނަންކޮޅުތައް ފޮއްޓަށްލާފައިވަނީ ގުރުއަތަށް ހާޒިރުވި ހުރިހާ މުވައްޒަފުންގެ ކުރިމަތީގައި ހައުސިން ކޮމިޓީއިން ނެވެ.

ރޭ ކުރިއަށްދިޔަ ގުރުއަތުލުމުގައި ދެކެޓެގަރީއަށްވެސް ވަކިވަކިން ގުރުއަތުނަގާފައިވާއިރު، ހޮވުނު ފަރާތްތަކުގެ އިތުރުން އެ ފަރާތްތަކަށް ލިބޭ ޔުނިޓްވެސް ނަގާފައިވަނީ ގުރުއަތުންނެވެ.

ނުވިކިހުރި ޔުނިޓްތަކަށް ރޭ ގުރުއަތުނަގާފައިވާއިރު ކޮންމެ ކެޓެގަރީއަކުންވެސް އިތުރު 15 ސްޓާފެއްްގެ ނަން ވެއިޓިންގ ލިސްޓްގެ ގޮތުގައި ނަގާފައިވެއެވެ.  އެ ފަރާތްތަކަށް ފުރުސަތު ދެވިގެންދާނީ ރޭ ގުރުއަތުން ހޮވުނު ފަރާތްތަކުން އެއްވެސް ސަބަބަކާހުރެ، ލިބިފައިވާ ޔުނިޓް ދޫކޮށްލާ ކަމުގައިވާނަމަ ވެއިޓިންގ ލިސްޓަށް ހޮވުނު ތަރުތީބުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ރެއަކީ އެއްބަޔަކަށް އުފާވެރިނުވި ނަމަވެސް ހިތްހަމަޖެހުމެސް ލިބިގެންދާނެ ރެއެއް ކަމަށާއި އެ ހިތްހަމަޖެހުން ލިބެނީ ދެފުށްފެންނަ، އެއްވެސް އޮޅުވާލުމެއްނެތި އެންމެންގެ ކުރިމަތީގައި ގުރުއަތު ނެގިގެން ދާތީ ކަމަށެވެ.

ބްލޫރިޖް ގައި ދެ ޓަވަރުގައި ޖުމްލަ 360 އެޕާޓްމެންޓް ހިމެނެއެވެ. އޭގެތެރެއިން އެއް ކޮޓަރީގެ 72 އެޕާޓްމެންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 1+2 ގެ 288 އެޕާޓްމެންޓް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: