ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤަވާއިދާ ޚިލާފަށް ނަމްބަރު ބޯޑު ހުންނަ ނަމަ ހޮނިހިރު ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ!

ބްރިޖު ސަރަހައްދުގެ ޓްރެފިކް ފުލުހުން ބަލަހައްޓަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްގަމުގައި ދުއްވާ އިންޖީނުލީ ވެހިކަލްތަކުގެ ނަންބަރު ބޯޑް ހުންނަން ޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދުގައި ބުނާ އުސޫލާ ޚިލާފަށް ނަންބަރު ބޯޑު ހުންނަ ވެހިކަލުތަކަމާ މެދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެއެވެ.

މިދިޔަ ހޯމަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިުލާނެއްގައި ވަނީ މިހާރަކަށް އައިސް ހަރުކޯށްފައިހުންނަ ގިނަ އަދަދެއްގެ ންމްބަރު ބޯޑުތައް ހުންނަނީ ޤަވާއިދާ ޚިލާފަށް ކަމަށެވެ.

އެއްގަމު އުޅަނދުގެ ގަވާއިދުގައިވާ ގޮތުން އިންޖީނުލީ އުޅަނދު މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީކުރުމަށް ފަހު އެ އުޅަނދުގައި ހަރުކުރުމަށް އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާ، ނުވަތަ ރަޖިސްޓްރާ އައްޔަންކުރާ ފަރާތަކުން ދޭ ނަންބަރެއް ގަވާއިދުގައި ފާހަގަކޮށްފައިވާ ގޮތަށް ހަރުކުރުމަށް ފަހުއެވެ.

ނަމްބަރު ބޯޑު ހުންނަންޖެހޭނެގޮތް:

  • ރެޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ ”އޭރިއަލް ބޯލްޑް“ ފޮންޓުން.
  • ނަންބަރު ބޯޑު ހަރުކުރުމަށް ޖަަހައިފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ނުބެހެއްޓުން.
  • ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންނުކުރުން
  • އަކުރުތައް އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުންނުކުރުން.
  • ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންނުކުރުން.
  • ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ހުންނަން ވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުން.
  • ކޮންސިއުލާ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަން ވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި.

އެ ނޫން ކުލަތަކާއި ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ.

އެ ގަވައިދުގައި ބުނާ އުސޫލުތަކާ ޚިލާފަށް ނަންބަރު ބޯޑު ހުންނަ ވެހިކަލުތަކާމެދު ފިޔަވަޅު އަޅައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޖޫރިމަނާ ކުރަން ފަށާނެ ކަމަށް ފުލުހުން މި މަހުގެ 21ވަނަ ދުވަހު ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅުކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން ފުލުހުން އާންމުންނަށް ނަސޭހަތް ދޭނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: