ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު ރަށެއްގެ ޑަބްލިއުޑީސީ ބައި އިލެކްޝަން ކުރިޔަށް ދަނީ!

ކޮމަންޑޫގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއްގެ ވޯޓުތައް ގުނަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު ރަށެއްގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފިގެން ކުރިއަށްއެބަދެއެވެ.

މި ބައި އިލެކްޝަންތަކަކީ ށ. މާއުނގޫދޫ ކައުންސިލަށް މެމްބަރަކު އިންތިހާބު ކުރުމުގެ އިތުރުން، ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވޭ ބައި-އިލެކްޝަން ތަކެކެވެ.

އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި، މި އިންތިޚާބުތަކުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. އަދި ހަވީރު 4:00 ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކޮމިޝަނުން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، މި ހިނގާ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ވ. ތިނަދޫ، ވ.ފެލިދޫ އަދި ހއ.ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބޭއްވުމަށްވެސް އީސީއިން ވަނީ ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: