ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަންނަވަނީ!

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތްރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތްރާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފްގެ ދައުވަތަކަށް މިއަދުން ފެށިގެން މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރުމަށް ނިންމާފައިވާ ދަތުރުފުޅެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ފޮރިން ސެކްރެޓްރީންގެ ދެ ގައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށް މަޝްވަރާކުރައްވާނެއެވެ. އަދި މިހާރު އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްދާ މަޝްރުއޫތައް ކުރިއަށްދާގޮތް ބައްލަވާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އިންޑިއާގެ ފޮރިން ސެކްރަޓަރީ ވިނޭ މޯހަންގެ މި ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވިނޭގެ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މިއަހަރުގެ މޭމަހު މަގާމާ ހަވާލުވެވަޑައިގުމަށް ފަހު ވިނޭ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: