ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑޮނޭޝިއާގެ ފުޓުބޯޅަ މެޗެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި 127 މީހުން މަރުވެއްޖެ

އިންޑަނީޝިއާގައި ކުރިއަށްގެންދިޔަ ފުޓުބޯޅަ މެއްޗެއްގެ ތެރެއިން ހިނގި ހަމަނުޖެހުން: ފޮޓޯ/ އޭފްޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑަނޭޝިއާގައި ކުރިއަށް ގެންދިޔަ ފުޓުބޯޅަ މެޗެއްގެ ތެރެއިން ހަމަނުޖެހުންތަކެއް ހިނގައި 127 މީހަކު މަރުވެއްޖެއެވެ.

އިންޑަނޭޝިއާގެ ކަންޖުރުހާން ސްޓޭޑިއަމްގައި އަރީމާ އެފްސީ އަދި ޕެރެސެބަޔާ ސުރަބަޔާ ކިޔާ ޓިމުތަކެއް ދެމެދު ކުރިއަށް ގެންދިޔަ މެޗެއްގެ ތެރެއިން ހަމަނުޖެހުންތަކެއް ހިނގާފައި ވަނީ އަރީމާ އެފްސީ މެޗުން ބަލިވުމުން އެ ޓީމުގެ ސަޕޯޓަރުން ދަނޑުމައްޗަށް އަރައިގަތުމުންނެވެ.

ޕެރަސަބަޔާ ސުރަބަޔާ އަތުން އަރީމާ އެފްސީ އަށް ލިބިގެންދިޔަ މި ނާކާމިޔާބީ އަކި ވޭތުވެދިޔަ 20 އަހަރު ތެރޭގައި ލިބުނު ފުރަތަމަ ނާކާމިޔާބީއެވެ. ހަމަނުޖެހުން ހިނގަން ފެށުމުން އެ ސަރަހައްދުގައި ތިބި ފުލުހުން ވަނީ އަރީމާގެ ސަޕޯޓަރުން ހަމަޖެއްސުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އަދި ހަމަނުޖެހުންތުގައި ފުލުހުންގެ ދެ މީހަކު މަރުވުމާއި އެކު، ކަރުނަ ގޭސްފަދަ ތަކެތިވެސް ބޭނުންކޮށްފައިވެއެވެ.

އިންޑަނޭޝިއާގެ ފުލުހުން އެ ގައުމުގެ މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން ގިނަ އަދަދެއްގެ މީހުން މަރުވެފައިވަނީ ފައިދަށުވުމުގެ ސަބަބުންނެވެ. އަދި ގިނަ އަދަދެއްގެ މީހުން އެއް ފަހަރާއި ދަނޑުން ނުކުތުމަށް މަސައްކަތް ކުރުމުގެ ސަބަބުން ބައެއް މީހުން ޗަސްވެ އަނެއް ބަޔަކު ނޭވާލުމަށް ދަތިވެގެން މަރުވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

އިންޑަނޭޝިއާގެ ސަރުކާރުން ވަނީ މި މައްސަލަ ބަލާނެކަމަށް ވައުދުވެފައެވެ. އަދި އެ ގައުމުގެ ޔޫތު މިނިސްޓަރު ވިދާޅުވެފައިވާގޮތުން ކޮވިޑްގެ ދަތިތަކަށްފަހު ސްޓޭޑިއަމްގައި ތިބެ މެޗުތައް ބެލުމަށް ފުރުސަތު ފަހިވުމާއިއެކު މިފަދަ ހާދިސާއެއް ހިނގާފައިވާތި އެ ގައުމުގެ ކުޅިވަރުގެ ސިނާއަތައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މެޗެއް ކުޅުމުގެ ތެރޭގައި ހިނގާފައިވާ ހަމަނުޖެހުމާއި ގުޅިގެން އިންޑަނޭޝިއާގެ ފުޓުބޯޅަ އެސޯސިއޭޝަނުންވަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެއްވެސް ފުޓުބޯޅަ މެއްޗެއް ކުރިއަށް ނުގެންދެވޭނެކަމަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: