ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓަށް ބަދަލެއް ނުގެނެސް ދަމަހައްޓައިފި

ޓެރަރިޒަމް އާއި ދެކޮޅަށް ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންއެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޓެރަރިސްޓު ޖަމާއަތްތަކާއި، ދިވެހިން ދަތުރުކޮށް އުޅުން މަނާކޮށްފައިވާ ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާފައިވާ ގޮތަށް ދެމެހެއްޓުމަށް ނިންމައި ލިސްޓު އާއްމުކޮށްފި އެވެ.

ޓެރަރިޒަމްގެ ކުށްތައް ހުއްޓުވުމަށް ހާއްސަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމަކީ ގާނޫނީ ކުށެކެވެ. އަދި އެ ގާނޫނުގެ ދަށުން ވަނީ ޓެރަރިސްޓު ޖަމާއަތްތަކަކީ ކޮބައިކަން ވެސް ކަނޑައަޅައިފައި ވެއެވެ.

ޓެރަރިޒަމްގެ ކުށްތައް ހުއްޓުވުމަށް ހާއްސަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމަކީ ގާނޫނކށެކެވެ. އަދި އެ ގާނޫނުގެ ދަށުން ވަނީ ޓެރަރިސްޓު ޖަމާއަތްތަކަކީ ކޮބައިކަން ވެސް ކަނޑައަޅައިފައި ވެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓެއް ރައީސް ކަނޑައެޅުމަށް ފަހު ކޮންމެ އަހަރަކު އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަން ޖެހޭނެ އެވެ. ލިސްޓުގައި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސީރިއާ އެވެ. އަދި ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި 19 ޖަމިއްޔާއެއްގެ ނަން ލިސްޓުގައި ވަނީ ހިމަނާފައެވެ.

ލިސްޓު މުރާޖައާ ކުރުމަށްފަހު، އެއްވެސް ބަދަލެއް ނުގެނައުމަށް ގައުމީ ސަލާމަތާއި ބެހޭ މަޖިލީހުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުއްވާފައެވެ. އަދި މީގެ ކުރިން ބަޔާންކޮށްފައި ޓެރަރިސްޓު ޖަމާއަތްތަކުގެ ނަންތަކާއި އެކު ލިސްޓު ދެމެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

މި ގާނޫނުގެ ދަށުން ހަނގުރާމަވެރި ސަރަހައްދެއްކަމަށް ވާ، ސީރިއާއަށް ދިއުމަކީ ކުށެކެވެ.

ޓެރަރިޒަމްގެ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިއުމާ، ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަކީ ގާނޫނީ ކުށެކެވެ.

މީގެ އިތުރުން ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ އެވެ. އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

ހަނގުރާމަވެރި ސަރަޙައްދުތައް:

1. ސީރިއާ

ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ އެވެ. އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: