ހދ. ކުޅުދުއްފުށީގެ ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތްތައް ކުރިޔަށް ދަނިކޮށް، ބަޔަކު މިސްކިތުގެ ތެރެއަށް ވަދެ ގެއްލުންތަކެއް ދީފި އެވެ.
މިސްކިތަށް ގެއްލުންތަކެއް ދީފައިވާތީ، ކަންބޮޑުވުން ފާޅުކުރައްވައި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ރޭގެ ވަގުތެއްގައި މިސްކިތުގެ ތަޅުމުގެ ސިމެންތި ނުހިކި ހުއްޓައި ފެން ހޮޅިއެއް ދޫކޮށްލުމަށް ފަހު ތަޅުމުގައި އެއްޗެހި ލިޔެފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ މަދު ބައެއްގެ ނާތަހުޒީބު އަމަލުތަކެއްގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހި ރަށުގެ ތަރައްގީއަށް ހުރަސް އެޅެމުންދާ ކަމަށެވެ.
އާތިފް ވިދާޅުވީ ޖެއްސުން ކުރުމުގެ ގޮތުން މިފަދަ އަމަލުތައް ހިންގި ނަމަވެސް ރައްޔިތުންގެ ހެވާއި ލާބައަށް ކައުންސިލުން މަސައްކަތް ކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.
މިސްކިތަށް ގެއްލުން ދިން މައްސަލަ ފުލުހުންނަށް މިހާރު ވަނީ ރިޕޯޓުކޮށް އެވެ.
އެއްވެސް ބިރެއް ނެތި، ބަޔަކު މިސްކިތެއްގެ މަރާމާތު މަސައްކަތަކަށް މިފަދައިން ގެއްލުންތަކެއް ދީފައިވާތީ އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްށްފަ އެވެ. އަދި އެ އަމަަލު ހިންގި މީހުން ހޯދައި ހައްގު އަދަބު ދޭން ވަނީ ގޮވާލާފަ އެވެ.

