ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނީ ބަހުގެ ހިދުމަތުން އަގު ނަގަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުން ފެށިގެން މިނީ ބަހުގެ ހިދުމަތުން އަގު ނަގަން ފަށައިފިއެވެ.

އެމްޓީސީސީން ވަނީ މިނީ ބަހުގެ ހިދުމަތް ހިލޭ އެއްމަސް ދުވަސް ވަންދެން ފޯރުކޮށްދީފައެވެ.

އެކަމަކު، މިއަދުން ފެށިގެން ކޮންމެ ދަތުރުވެރިއެއްގެ އަތުން ނަގާނީ ހަތް ރުފިޔާއެވެ.

ނަމަވެސް ސްކޫލް ދަރިވަރުންނާއި އުމުރުން ދުވަސްވީ މީހުންގެ އަތުން އެއްވެސް ފައިސާއެއް ނުނެގުމަށް މި ހިދުމަތް ދެމުންދާ އެމްޓީސީސީން ވަނީ ނިންމާފައެވެ.

މިނީ ބަހުގެ ހިިދުމަތަށް ފައިސާ ދެއްކޭނީ އާރުޓީއެލް ވެބް ޕޯޓަލާއި އެޕްލިކޭޝަން މެދުވެރިކޮށެވެ.

މި ހިދުމަތް އަލަށް ހޯދާއިރު ރަޖިސްޓްރީވާން ޖެހޭނެއެވެ. އޭގެ ފަހުން ކުރީގެ ލޮގިން ބޭނުންކޮށްގެން ހިދުމަތް ހޯދޭނެއެވެ.

މި ހިދުމަތް ހޯދުމަށް ޓިކެޓް ނަގާއިރު، އެމީހަކު ބަހުގައި ދަތުރުކުރާ ރޫޓާއި، ޓިކެޓް ނަގާ އަދަދު ޚިޔާރުކޮށް، ބޭންކް ކާރޑް މަޢުލޫމާތާއި އީ.މެއިލް އެޑްރެސްއެއް ޖެހުމުން ފައިސާ ދައްކާ ޓިކެޓް ނެގޭނެއެވެ.

މިގޮތަށް ނަގާ ޓިކެޓްތައް ބޭނުންކުރެވޭނީ ހަތް ދުވަހުގެ މުއްދަތަކަށެވެ.

ޓިކެޓުގައިވާ ކިއު.އާރު ކޯޑު ބަހަށް އަރާ ސްކޭން ކޮށްލުމުން ޓިކެޓް ކެނޑުނީއެވެ.

މިނީ ބަސްތަކުގައި ކަރުދާސް ޓިކެޓް ވިއްކުމަށް ވެސް އެމްޓީސީސީއިން ވަނީ ނިންމައިފައެވެ. ކަރުދާސް ޓިކެޓަށް ފައިސާ ދެއްކުމަށް ޖެހޭނީ ބަހުގައި ހުންނަ ފޮއްޓަކަށް 7 ރުފިޔާ ހަމަކޮށްފައި ލާށެވެ. އިތުރަށް ދޭ ފައިސާ މާރު ނުކޮށްދޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިނީ ބަހުގެ ހިދުމަތަކީ ގިނަ ބަޔަކަށް އޭގެ ސަބަބުން ފަސޭހަވެގެން ދާނެ ހިދުމަތެއް ކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: