ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސަރުކާރުން މަރުގެ މައްސަލަތައް ބެލުމަށް އެއްވެސް މަސައްކަތެއް ނުކުރޭ: ރެޑްވޭވް ސަލީމް

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުން ރިޟްވާނާއި ދެންތިބި މީހުންގެ މައްސަލަ ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު އަޒްހާން މަރުވެފައިވަނިކޮށް ފެނިގެން އެކަމާއި ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުއްލި މައްސަލަ އަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރިޟްވާން މައްސަލައާއި ދެންހުރި މައްސަލަތަކަށް ފަންޑުކުރި މީހުން އުޅޭނެ ކަމަށާއި އެކަމަށް ފަންޑު ނުކުރާ ބަޔަކު ނޫޅޭނެ ކަމަށެވެ.

ފަންޑު ކުރި ބަޔަކު އުޅޭކަމަށްވާނަމަ އެމީހުން ހޯދައިދޭންޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ. ފަންޑުކުރި މީހުން ނުހޯދިގެން އުޅެނީ ކީއްވެގެންތޯ ވިދާޅުވެ ސަލީމް ވިދާޅުވީ އެކަމުގެ އަޑީގައި ތިބީ ފަންޑުކުރި މީހުން ކަމަށްވާތީ އެކަން ނުހޯދެނީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ފަންޑު ކުރިމީހުން ކޮބައިތޯ އާއި އެމީހުން ނުހޯދިގެން އުޅެނީ ކީއްވެގެންތޯ ސަލީމް ވަނީ ސުވާލު ކުރައްވާފައެވެ.

ސަލީމް ވިދާޅުވީ މިދިޔަ ހަތަރު އަހަރުތެރޭ ވަރަށް ގިނަ ބަޔަކު  ގޮތްނޭނގޭ ގޮތަށް ނިޔާވެގެން ގޮސްފައިވާ ކަމަށެވެ.

ސަލީމް ވިދާޅުވީ މިސަރުކާރު ވުޖޫދަށް އައީ އެންމެ ބޮޑަށް މަރުތައް ވިއްކައިގެން ކަމަށާއި އެގޮތުން ރިޟްވާންގެ ވާހަކަ އާއި ޑރ އަފްރާޝީމްގެ ވާހަކަ ދެކެވުނު ކަމަށާއި އަދި ޔާމީން ރަޝީދުގެ ވާހަކަ ވެސް ދެކެވުނު ކަމަށާއި އެކަންކަމަކީ މިސަރުކާރު ވެރިކަމަށް އައުމަށް އެންމެ ގަދައަށް ދެކެވުނު ވާހަކަތައް ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން މަރުގެ މައްސަލަތައް ބަލާފައިވާ ކަމަށާއި އެ މައްސަލަތައް ހުރީ އޭރު ބެލިފައި ހުރި ވަރަކަށް ކަމަށާއި މިދިޔަ ހަތަރު އަހަރުތެރޭގައި އެމައްސަލަ ބެލިފައިނެތް ކަމަށް  ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ހުރިހާ ވާހަކައެއްވެސް ދެކެވެނީ މަގްސަދު ހާސިލްކުރަން ނޫން ކަމަށާއި އެހުރިހާ ވާހަކައެއްވެސް ދެކެވެނީ ރަައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ. އެކަން ހުއްޓާލުމަށްފަހު ކަމުގެ ހަގީގީ މަގްސަދާއި ހަމައަށް ދާންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ފުލުހުން މައްސަލަ ރަނގަޅަށް ބަލާތޯ ވިދާޅުވެ ސަލީމް ވިދާޅުވީ ފުލުހުން މައްސަލަ އެންމެ ރަނގަަޅަށް ނުބަލާކަމަށްވާނަމަ އެމީހުންނާއި ދޭތެރޭގައި ފިޔަވަޅު އެޅޭނެ ގޮތްތައްވެސް ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ބައެއް ކަންތައްތަކުގައި މަޖިލީހުގައި ކޮމިޓީ ހަދައިގެން މަސައްކަތް ކުރާ ކަމަށާއި އެގޮތުން ކޮންމެ ކަމެއްގައިވެސް ކޮމިޓީއެއް ނަގައިގެން މައްސަލަ ބަލަންވީނޫންތޯ ވިދާޅުވެ ސުވާލު އުފައްދަވާދައެވެ.

މިފަހަކަށް އައިސް މަރަކީ އާދައިގެ މަރެއް ނޫން ކަމަށާއި އާދަޔާ ހިލާފަށް ކުއްލި ގޮތަކަށް މީހުން މަރުވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

“ އެހެންވީމާ އަޅުގަނޑުމެން މިކަންވަނީ ކިހިނެތްތޯ، ކޮންސަބަބަކާ ހުރެތޯ، ކިހިނެތްތޯ؟ ބަޔަކު މަރާލަނީތޯ ގަސްތުގައި ނޫނީ އަމިއްލައަށް މަރުވަނީތޯ ނޫނީ އެހެން މައްސަލައެއްގެ ތެރޭގައި މަރުވަނީތޯ މި ހުރިހާ ކަމެއް އެބަޖެހޭ އަޅުގަނޑުމެން ދިރާސާކޮށް މިކަން ހުއްޓުވޭނެ މަގެއް ހޯދަން. މީހަކު މަރު އައިމަކާ އަޅުގަނޑުމެންނަށް މަރެއް ނުހުއްޓުވޭނެ. އެހެން ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިހިނގަނީ ކިހިނެތްތޯ މިކަން ބެލޭނެ ނިޒާމެއް އަޅުގަނޑުމެން ބަލަންޖެހޭ. ދެން ފުލުހުންގެ ތެރޭގައި ވެސް ތިބޭނެ ނުބައިމީހުން. އިންސާނުން އަލުގަނޑުމެންނަކީ. ނުބައިމީހުން ތިބޭނެ ހަމަ އެންމެ ޖާހިލު މީހުންވެސް ތިބެދާނެެ.

ސަލީމް ވިދާޅުވީ މައްކާގެ ބިމުން އަބޫޖަހުލާއި ފިރުއައުނު ވެސް ފެނިފައިވާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ތެރޭގައިވެސް ނުބައި ބަޔަކު ތިބެދާނެކަމަށެވެ.

ފުލުހުންގެ ތެރޭގައި ތިބި އެންމެންނަކީ ނުބައި ބައެއް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ. ފުލުހުންގެ ތެރޭގައި ރަނގަޅު މީހުންވެސް ތިބޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: