ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ބައެއް ވެރިންނަށް އިދިކޮޅާ ބައްދަލުކުރެވެނީ އިންޑިއާގެ ހުއްދައާއެކު: އަބްދުއްރަހީމް

އަބްދުއްރަހީމްގެ ފާޑުކިޔުން ރައީސް ނަޝީދުއަށް - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ބައެއް ވެރިންނަށް އިދިކޮޅު ކޯލިޝަނުގެ ވެރިންނާއި ބައްދަލުކުރެވެނީ އިންޑިއާ ހައިކޮމިޝަންގެ ހުއްދަ ލިބިގެންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ނެރުއްވި ގަރާރާއި ދެކޮޅަށް ޕީޕީއެމް އިން ސިވިލްކޯޓަށް ހުށަހެޅި މައްސަލަ ލަސްވާތީ އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަދު ވަނީ ކޯޓަށް ގޮސްފައެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއަދު ރައްޔިތުންނަށް މަގުމައްޗަށް ނިކުމެ ހިޔާލުފާޅު ކުރެވެން ނެތްކަމަށާއި އެކަން ވަނީ ސަރުކާރުން ހަނިކޮށްފައިކަމަށެވެ.

މިސަރުކާރު ވެރިކަމަށް އައީ މިނިވަންކަން ހުޅުވާލައިގެން މިނިވަންކަމަށް ޖާގަދޭނެ ކަމަށްބުނެ ކަމަށެވެ. ނަމަވެސް މިއަދު މިގައުމުގައި އެއްވެސް ރައްޔިތަކަށް އިންޑިއާ ސަރުކާރުން ބޭނުންވާ ކަމެއް ނޫނީ ނުކުރެވޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

” އަޅުގަނޑުމެން މިޖެހެނީ އެތަނެއްގެ ވެރިން ފުރަތަމަ މިޖެހެނީ އިންޑިއާ ސަފީރަށްގުޅަން. ގުޅާފައި ޕީޕީއެމް ޕީއެންސީ ނުވަތަ އިދިކޮޅު ލީޑަރޝިޕުން އަތުވެއްޖެއޭ ތިމަންނަ އާއި ބައްދަލުކުރުން. އެހެންވީމަ ބައްދަލް ކުރަންވީހެއްޔޭ ދެންނެވީމަ އެބޭފުޅުން އާއެކޭ ނުވަތަ ނޫނެކޭ ބުނިއްޔާ މިބައްދަލު ކުރަނީ. އެހާލަތުގައި ގައުމު މިއޮތީ. އެހެންވީމަ ކަންބޮޑުވުން އަޅުގަނޑުމެންނަށް އިންތިހާ އަށް އޮތީމަ އަޅުގަނޑުމެން މިއައީ. ހަގީގަތަކީ މިއަދު މީ ރަނގަޅު ސިސްޓަމަކަށް މިކަންހިނގާނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިއަދު  އިބްރާޙިމް މުހައްމަދު ސާލިހު  ނުހުންނާނެ.  އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އެނިވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އެމީހަކު ވަކިކުރަންޖެހޭނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ސާލިހަށް ގާނޫނު އަސާސީގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގެއް ގަރާރަކުން ހަނި ނުކުރެވޭނެ ކަމަށާއި އެ އިހްތިޔާރު ލިބިގެންނުވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ނެެރުއްވި ގަރާރަކީ ގާނޫނާއި ހިލާފަށް ނެރެފައިވާ ގަރާރަކަށް ވުމާއެކު އެގަރާރަކީ ގާނޫނު އަސާސީ އާ ހިލާފު އެއްޗެއްކަމަށް ކަނޑައަޅައިދިނުމަށް އެދި މައްސަލަ ކޯޓަށް ހުށައަޅާފައިވާނެ ކަމަށެވެ. އަދި އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް ކުރިއަށް ނުދާތީ އެކަން ސާފުކުރުމަށް މިއަދު ކޯޓަށް ދިޔަ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ އަސާސީ ހައްގެއް ހިފަހައްޓައިގެން ތިބުމަކީ ގާނޫނު އަސާސީ އާހިލާފު ކަމެއްކަމަށާއި ވުމާއެކު ކޯޓްތަކުން އެކަން ވީއެންމެ އަވަހަކަށް ނިންމައިދޭން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލައަކީ ދިގު ދަންމާލެވޭ ކަހަލަ މައްސަލައެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ސަބަބަކީ އެކަމަކީ މުޅި ރައްޔިތުންނާއި ގުޅުންހުރި މައްސަލައަކަށް ވެފައި އެ މައްސަލަ އާއި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކާ ގުޅިފައިވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އެނިވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އެމީހަކު ވަކިކުރަންޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: