ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގަށް ވެހިކަލް ރަޖިސްޓްރީކުރާ މައްސަލަ: ނަހުލާ ވިދާޅުވަނީ ފިޔަވަޅު އަޅާއިރު މޫނަކަށް ކަނދުރާއަކަށް ނުބަލާނެކަމަށް!

ޓްރާންސްޕޯޓު މިނިސްޓާ އައިޝަތު ނަހުލާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ވަގަށް ވެހިކަލް ރަޖިސްޓްރީކުރާ މައްސަލަގައި، ފިޔަވަޅު އަޅާއިރު މޫނަކަށް ކަނދުރާއަކަށް ނުބަލާނެކަމަށް ޓްރާންސްޕޯޓު މިނިސްޓާ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓުވީޓެއްކުރައްވާ ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޯޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓަރކޮށްފައިވާ އުޅަނދުތައް ދަނީ ފެންނަމުންކަމަށެވެ.

އުޅަނދު ރަޖިސްޓަރ ކުރުމުގައި ގަވާއިދުގެ ތެރެއިން ކުރުމަށް އިލްތިމާސްކުރައްވާ މިނިސްޓާ ނަހުލާ ވިދާޅުވެފައިވަނީ، ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނެކަމަށެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއްކަމަށް ފާހަގަކުރައްވާ ނަހުލާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެ ކަމަށެވެ.

މިކަންތައްތައް ހަމަމަގަށް އެޅުމުގައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތްކުރާނެކަމަށްވެސް މިނިސްޓާ ނަހުލާ ވަނީ ވިދާޅުވެފައެވެ.

ނަހުލާ މިފަދައިން ވިދާޅުވީއިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ގަވާއިދާއި ހިލާފަށް ރެޖިސްޓްރީގެ ކަންކަން ކޮށްދޭ ވާހަކަ ދާދިފަހުންވެސް މީޑިއާތަކުގައި ވަނީ ފެންމަތިވެފައެވެ. އެގޮތުން ޓެސްޓް ހެދުމަކާ ނުލައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވިއްކަން ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑުކޮށް އިއުލާނު ކުރަން ފަށާފައިވާކަމަށްވެސް ބައެއް މީޑިއާތަކުގައި ރިޕޯޓުކުރިއެވެ. މިނިސްޓްރީގެ ތެރެއިން ބާރުވެރި މަގާމުތަކުގައި ތިބޭ ފަރާތްތައް މެދުވެރިކޮށްވެސް މިފަދަ ކަންތައްައް ކުރަމުންގެންދާކަމަށް މައުލޫމާތުލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: