ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ސަރުކާރުން ޔަމަނުގެ ހޫތީން ކުށްވެރިކޮށް ބަޔާނެއް ނެރެފި

ރަަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަދުި އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުން ޔަމަނުގެ ”ހޫތީ ޓެރަރިސްޓު“ ޖަމާއަތެއްގެ އަމަލުތައް ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން އދ އިން ވަނީ ޔަމަނުގައި ސުލްހަ ގާއިމު ކުރުމަށްޓަކައި އެއްބަސްވުމެއް އެކުލަވާލައި ހުށައަޅާފައިކަމަށެވެ. އަދި ޔަމަނުގެ ސަރުކާރުންވަނީ އދ އިން ނިންމާފައިވާ ނިންމުންތައް ބަލައިގަނެފައިކަމަށެވެ. އެހެން ނަމަވެސް ޔަމަނުގައި ހަރަކާތްތެރިވަމުންދާ ”ހޫތީ ޓެރަރިސްޓު“ ޖަމާއަތުން އެ އެއްބަސްވުން ބަލައިގަތުމާއި ދެކޮޅު ހަދާފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން، ”ހޫތީ ޓެރަރިސްޓު“ ޖަމާއަތުން އެ އެއްބަސްވުން ބަލައި ނުގަތުމަކީ ދިވެހި ސަރުކާރުން ކުށްވެރި ކުރާ ނިންމުމެއްކަމަށެވެ. އަދި އެ އެއްބަސްވުމަކީ، އދ އިން ޔަމަނަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ހުށައަޅާފައިވާ އެއްބަސްވުމެއްކަމަށްވެސް އިޝާރާތްކޮށްފައިވެއެވެ.

ދިވެހި ސަރުކާރުން ބުނެފައިވާގޮތުން ޔަމަނުގެ ސިޔާސީ މަޝްރަހުގެ އަމާންކަން ދެމެހެއްޓުމަށާއި ގައުމުގެ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް އދ އިން ކުރަމުންދާ މަސައްކަތްތައް ތާއީދު ކުރާކަން ތަކުރާރު ކުރާކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާއިން ޔަމަނަށް އެހީތަކެއް ވަމުންދާކަމަށް އިޝާރާތްކޮށް، އެކަމަށްޓަކައި ސައުދީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.

ޔަމަނުގެ އަސްކަރީ ބާރުތަކާއި ”ހޫތީ ޓެރަރިސްޓުން“ ނާއި ދެމެދު ހިނގަމުންދާ ދާހިލީ ހަނގުރާމަ އަކީ އެތައް އަހަރަކަށް ދެމިގެންގޮސްފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ތެރެއިން ބަދަލު ކުރެވިފައިވާ ހަމަލާތަކުގެ ތެރެއިން އެތައް ހާސް މީހުންނެއް މަރުވެގޮސްފައިވާއިރު، އަދި އެ ގައުމުގެ ރައްޔިތުންނަށް ކާބޯތަކެތި ހޯދުމަށާއި ސިއްހީ ބައެއް ވަސީލަތްތައް ހޯދުމުގައިވެސް ބޮޑެތި ދަތިތައް ކުރިމަތިވެފައިވެވެ.

12 މިލިއަން މީހުން ދިރިއުޅެމުންދާ ޔަމުގައި މިހާރު ރައްޔިތުން ބަޑަށް ޖެހި ހާލުގައި ޖެހިދާނެކަމުގެ ބިރު ހީވެފައިވެއެވެ. އަދި ކޮލެރާ ފަދަ ބައެއް ބަލިތައް އިތުރުވެ ތުއްތު އުމުރު ފުރައިގެ ކުދިން މަރުވަމުންދާކަމަށް ޔުނިސެފް ފަދަ ޖަމިއްޔާތަކުންވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: